ބޮލީވުޑްގައި މިހާރު އެންމެ ޑިމާންޓް ބޮޑު އެއް ތަރި ކަމަށްވާ ކާތިކް އާރިއަން، މަޝްހޫރު ޑައިރެކްޓަރު ކަބީރް ޚާންގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

ނަން އިއުލާނު ކޮށްފައިނުވާ މިފިލްމުގެ ޕްރޮޑިއުސް ކުރަނީ ސާޖިދު ނާދިއަދުވާލާ އާއި ކަބީރު ޚާނާ ގުޅިގެންނެވެ.

މިދިޔަ އަހަރު ރަންވީރު ސިންގްއާ އެކީ ކްރިކެޓް ފިލްމު "83" ގެނެސްދިން ކަބީރާއި ކާތިކް އެކީގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ފިލްމު އިއުލާންކުރި އިރު، ކަބީރް މި ވަގުތު ހުރީ ރާއްޖެގަ އެވެ. އެއީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ 39 ވަނަ އުފަން ދުވަސް ފާހަގަކުރުމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާގޮތް ހަދާ ފިލްމެކެވެ.

ނަދިއަދުވާލާ ގްރޭންޑްސަން ބުނީ މިފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގައި ކަމަށެވެ.

ކަބީރަކީ "އޭކް ތަ ޓައިގާ" އާއި "ބަޖިރަންގީ ބައިޖާން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

ދާދި ފަހުން ބޮލް ބުލައިއާ 2 އިން ބޮކްސް އޮފީހުގައި ހިޓް ފިލްމެއް ގެނެސްދިން ކާތިކް ބުނެފައިވަނީ ކަބީރުގެ މިފިލްމަކީ އޭނާއަށް "ވަރަށް ހާއްސަ" ފިލްމެއް ކަމަށެވެ.

https://www.instagram.com/p/CgJGZMiPwsV/

ކާތިކްގެ އަތުގައި މިހާރު ވެސް ސާޖިދު ޕްރޮޑިއުސްކުރާ އެހެން ފިލްމެއް އެބައޮތެވެ. އެއީ މިދިޔަ އަހަރު އިއުލާންކުރި އަދި މިހާރު ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ "ސަތިއަނާރަޔަން ކީ ކާތާ" އެވެ. މީގެ މަސައްކަތް ފަށަން ހަަޖެހިފައި ވަނީ ފިލްމުގެ ނަން ބަދަލުކޮށްގެން ކަމަށް އޭގެ ޑައިރެކްޓަރު ސަމީރު ވިދުވަންސް މިދިޔަ ހަފުތާގައި ބުންޏެވެ.

މެއި މަހު ރިލީޒްކުރި "ބޫލް ބުލައްޔާ 2" ގެ ބަތަލު ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޝެހެޒާދާ" އާއި "ފްރެޑީ" އަދި "ކެޕްޓަން އިންޑިއާ" ހިމެނެ އެވެ.