މޮސްކޯ (22 ޖުލައި) - ޔޫރަޕިއަން ޔޫނިއަންއިން ރަޝިއާއާ ދެކޮޅަށް އަޅަން ނިންމާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު މުޅި ދުނިޔޭގެ އިގްތިސާދަށް ކުރާނެ ކަމަށް ރަޝިއާއިން ބުނެފި އެވެ.
ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަކަރޯވާ ވިދާޅުވީ އީޔޫގެ ގޮތް ދޫނުކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން މުޅި ދުނިޔެއަށް އޭގެ އަސަރު ކުރާނެ ކަމަށެވެ.
ރަޝިއާއިން މިހެން ބުނެފައި މިވަނީ މިދިޔަ ބުދަ ދުވަހު އީޔޫގެ މެމްބަރު ގައުމުތަކުން އެއްބަސްވެގެން ރަޝިއާއިން ރަން އެކްސްޕޯޓްކުރުން ހުއްޓާލުމަށާއި އެގައުމުގެ މައި ބޭންކް ކަމަށްވާ އެސްބާ ބޭންކްގެ ފަންޑުތައް ހިފަހައްޓަން ނިންމާފައި ވަނިކޮށެވެ.
"ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރާ އަސަރުތައް މިހާރު ވެސް އަންނަނީ ފެންނަމުން،" މާރިއާ ވިދާޅުވި އެވެ.
އޭގެ އިތުރުން މާރިއާ ވަނީ ގޮވާމާއި ގަސްކާނާގެ ވިޔަފާރި ހުއްދަ ކުރުމުގެ ގޮތުން މީގެ ކުރިން އަޅާފައިވާ ބައެއް ފިޔަވަޅުތައް ލުއި ކުރަން އީޔޫއިން ހުށައަޅާފައިވާކަން ފާހަގަ ކޮށްފަ އެވެ.
އެހެން ނަމަވެސް އީޔޫގެ އަމަލުތަކާއި އެ ޖަމާއަތުގެ އަސްލު މަގްސަދުތައް ދިމާނުވާ ކަމަށާއި އެހެން ކަމުން މި ހުށައެޅުމުގެ ފަހަތުގައިވާ ހަގީގީ ނިޔަތް ސާފު ނުވާ ކަމަށް ވެސް މާރިއާ ވިދާޅުވި އެވެ. -- އަލް އަރަބިއްޔާ
އުމްރާއަށް ފަހު ރާއްޖެ އައި ދިވެއްސަކު ކުއްލިގޮތަކަށް ނިޔާވެއްޖެ
ވެމްކޯ އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް
ޑްރަގް ނެޓްވޯކްގެ އެކައުންޓްތަކުގައި 300 މިލިއަން ދައުރުކުރި