މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ގައުމާއި މުހާތަބުކުރައްވާނެ ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ހޯމް މިނިސްޓްރީން ނެރެފައިވާ މައުލޫމާތުގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާ ގައުމާއި މުހާތަބު ކުރައްވާނީ މާދަމާ ހެނދުނު 10:00 ޖަހާއިރު އެވެ. އެމަނިކުފާނު ޤައުމާ މުޚާތަބު ކުރެއްވުން ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދިނުމަށްވަނީ ހަމަޖެހިފަ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ހެނދުނު 06:00 ގައި ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނެ އެވެ. މާލޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގަ އެވެ. ރަށްރަށުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ އެރަށެއްގައި ހުރި ސަރުކާރުގެ އެންމެ އިސް އިދާރާއެއްގައި ކަމަށް ހޯމް މިނިސްޓްރީން ހާމަކުރެ އެވެ.