ގްރޫޕް ހަދައިގެން އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ފިރިހެން ޓީޗަރު ސަސްޕެންޑްކޮށްފި އެވެ.

ބަންގްލަދޭޝްގެ އަލަމްގީރްއާއެކު އިތުރު ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ރޭ ވަނީ ލީކުކޮށްލާފަ އެވެ. މި ވީޑިއޯގައި ފެންނަ އެކަކަކީ މާލޭގެ ސްކޫލެއްގެ ޓީޗަރެއް ކަމަށް ތުހުމަތު ކުރެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ފާހަގަކޮށްފައިވާ މީހުން ސަސްޕެންޑްކޮށްފައިވާ ކަމަށާއި އެމައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.

އެ ވީޑީއޯއިން ފެންނަނީ ގާޒީ ސްކޫލްގެ ޓީޗަރެއްކަމަށް ގިނަ ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ބުނެފަ އެވެ.

ގާޒީ ސްކޫލުން އެކަން ދޮގުކޮށްފައިވާއިރު، ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން އެ ވީޑިއޯއިން ފެންނަނީ އިމާދުއްދީން ސްކޫލްގެ ޓީޗަރެކެވެ.

އަލަމްގީރުއާ އެކު އެކި ދިވެހިން އެއް ޖިއްސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ ގާތްގަނޑަކަށް ތިން ވީޑިއޯ މީގެ ކުރިން ލީކްވި އެވެ.

މި މައްސަލާގައި މިދިޔަ މަހުގެ 12 ވަނަ ދުވަހު އަލަމްގިރް ވަނީ ހައްޔަރުކޮށްފަ އެވެ،

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހަތަރު ދިވެހިން ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އާއި، ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އެވެ.