އެކި ކަހަލަ ޑައިޓުތައް ކޮށްގެން ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރުމަކީ މިހާރު ދިވެހިންގެ މެދުގައި ވެސް ގިނަވެ އާއްމުވަމުން އަންނަ ކަމެކެވެ.

އެކަމަކު މަދުން ކައިގެން، ނުކައި ހުރެގެން ނުވަތަ ވަކި ވައްތަރެއްގެ ކާއެއްޗެހި ކައިގެން ބަރުދަން ލުއި ކުރުމަކީ އޭގެ ސަބަބުން ހަށިގަނޑަށް ނޭދެވޭ ގެއްލުންތައް ލިބޭ ކަމެކެވެ. ހާއްސަކޮށް ޑައިޓު ކުރާއިރު ކާބޯހައިޑްރޭސް އެކުލެވޭ މިންވަރު މަދު ކާނާ ކެއުމުން ހަށިގަނޑަށް ނޭދެވޭ އަސަރު ކުރާ މިންވަރު އިތުރުވެ އެވެ.

ކާބޯ ހައިޑްރޭޓްސް އަކީ ހަށިގަނޑަށް ހަކަތަ ލިއްބައިދޭ އެއްޗެކެވެ. ބަރުދަން ލުއި ކުރަން ކާބޯ ހައިޑްރޭޓްސް އެކުލެވޭ ކާނާ ކެއުން ހުއްޓާލުމުން ނުވަތަ މާބޮޑަށް މަދު ކުރުމުން ހަށިގަނޑަށް ބޭނުންވާ ހަކަތައެއް ނުލިބޭނެ އެވެ.

ހަކަތަ ނުލިބޭނަމަ ވަރުބަލިވެ މީހާ ވަރުދެރަ ވާގޮތް ވާނެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުގައި ބޮލުގައި ރިއްސައި އަނބުރާ ގޮތްވެ އެވެ.

ކާބޯހައިޑްރޭޓް އެކުލެވޭ ކާނާ އަކީ ހަޖަމް ކުރުމުގެ ނިޒާމަށް ވަރަށް މުހިއްމު ބާވަތެކެވެ. ކާބޯހައިޑްރޭޓްސް އެކުލެވޭ ކާނާ މާބޮޑަށް ކޮންޓްރޯލްކޮށް، ނުކާނަމަ ހަޖަމް ކުރުމުގެ ނިޒާމަށް ބަދަލުތަކެއް އަންނާނެ އެވެ. އަދި ބޮޑުކަމު ދިއުމުގައި މައްސަލަ ދިމާވާން ފަށާނެ އެވެ.

ކާބޯ ހައިޑްރޭޓްސް އެކުލެވޭ ކާނާ ކެއުން ހުއްޓާލައިފި ނަމަ ޑައިޓް ކުރާއިރު މާބޮޑަށް ބަނޑުހައިވާކަމުގެ އިހުސާސްވެ ރުޅި އައުމާއި ރުންކުރުވުން އިތުރުވާނެ އެވެ.

ކާބޯހައިޑްރޭޓްސް އެކުލެވޭ ކާނާ މާބޮޑަށް ކޮންޓްރޯލް ކުރުމުން ނަތީޖާއެއްގެ ގޮތުގައި ބައެއް މީހުންނަށް ހަކުރުބަލި ޖެހުމުގެ ފުރުސަތުވެސް ބޮޑުވެ އެވެ.

އެހެން ކަމުން ކާބް ފްރީ ޑައިޓްއެއް ކުރަން ވިސްނާނަމަ އެ ވިސްނުން ދޫކޮށްލައި މިންހެޔޮ ކެއުމަކަށް އިސްކަން ދޭށެވެ.