މެލްބަން (16 އޮގަސްޓް) - އޮސްޓްރޭލިއާގެ އައްސޭރި ފަށުގެ ސަރަހައްދެއް ކަމަށްވާ މެކުއަރީ އައިލެންޑަށް ރެކްޓަ މިންގަނޑުން 5.2ގެ ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި އޮސްޓްރޭލިއާގެ މެއިންލެންޑުގެ 4000 ކިލޯމީޓަރު ދުރުގައި އޮންނަ މި ސަރަހައްދަކީ އެންޓާކްޓިކް ދިރާސާއެއްގެ ހެޑްކުއާޓާސް ހުންނަ ސަރަހައްދެކެވެ.

ބިމުގެ 140 ކިލޯމީޓަރު އަޑިން އައި އެ ބިންހެލުން އައިސްފައިވަނީ އޮސްޓްރޭލިއާ ގަޑިން މިއަދު ހެނދުނު 09:05 ހާއިރު ކަމަށް ރިޕޯޓު ކުރެވިފައިވެ އެވެ.

މި ބިންހެލުމުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލް އަދި ލިބިފައި ނުވާއިރު ރެސްކިއު ޓީމުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މެކުއަރީ އައިލެންޑަކީ ޓަސްމޭނިއާއާއި އެންޓާޓިކާއާ ދެމެދު އޮންނަ އޮސްޓްރޭލިއާއަށް ނިސްބަތްވާ ޖަޒީރާ ރަށެކެވެ. ސައިންސްގެ ދިރާސާތައް ކުރެވޭ ފަދަ ވަސީލަތްތަކާއެކު ތަަރައްގީ ކުރެވިފައިވާ މި ރަށަކީ އެންޓާޓިކް ދިރާސާތަކަށް ވަރަށް ގިނައިން ބޭނުން ކުރެވޭ ރަށެކެވެ.

މިއީ 1997 ވަނަ އަހަރު ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިމެނިފައިވާ ރަށެކެވެ. -- ޑެއިލީ މެއިލް