އެންމެ 57 ސިކުންތުގެ ތެރޭގައި ދުނިޔޭގެ އެންމެ ފުން ސްވިމިން ޕޫލްގެ އެންމެ އަޑިއަށް ފީނުމަށްފަހު މައްޗަށް އަރައި، ރަޝިއާގެ ފްރީ ޑައިވިން ޗެމްޕިއަން އެލެކްސޭ މޮލްޗަނޯވް ދުނިޔޭގެ އާ ރިކޯޑެއް ގާއިމުކޮށްފި އެވެ.

"ދަ ޑީޕް ޑައިވް ދުބާއީ"ގެ ނަމުން ނަން ދީފައިވާ 60 މީޓަރު ފުން މި އިންޑޯ ޕޫލްއަކީ މުޅި ދުނިޔޭގައި ވެސް ހުރި މިފަދަ އެންމެ ފުން ޕޫލް އެވެ.

މި ޕޫލްއަށް ފީނުމުގެ ކުރިން މޮލްޗަނޯވް ވަނީ އޭނާގެ ފުއްޕާމެއަށް ވީހާވެސް ގިނަ ވައި ވެއްދުމުގެ ގޮތުން ލަންގް ޕެކިން ނަމަކަށް ކިޔާ ތަމްރީނުތަކެއް ހަދާފަ އެވެ.

ފްރީ ޑައިވިންއަކީ ގިނަ ތަމްރީނުތަކެއް ބޭނުންވާ ކަަންމަކަށް ވީއިރު ހިތުގެ މަސައްކަތްތައް ކޮންޓްރޯލް ކުރަން ދަސްކުރަން ޖެހެ އެވެ.

ޣަރަގުވެފައިވާ ސަހަރެއްގެ ތީމަށް ތައްޔާރު ކޮށްފައިވާ ދަ ޑީޕް ޑައިވްއަކީ ދުނިޔޭގައި މީގެ ކުރިން ހަދާފައިވާ މިފަަދަ ޕޫލްތަކަށް ވުރެ 15 މީޓަރު ފުން ޕޫލެކެވެ. މި ޕޫލުގައި 14 މިލިއަން ލީޓަރުގެ ތާޒާ ފެން ހުރެ އެވެ.

އުމުރުން 35 އަހަރުގެ މޮލްޗަނޯވްއަކީ މިހާރުވެސް ދުނިޔޭގެ 24 ރިކޯޑެއް އޮންނަ ފީނުންތެރި އެކެވެ. އޭނާ ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފީނައި ގިނަ ކާމިޔާބީ ތަކެއް ހޯދާފަ އެވެ.

މޮލްޗަނޯވާއަކީ ފީނުމެއްގެ ތެރެއިން 2015 އަހަރު ވީނުވީއެއް ނޭނގި ގެއްލުުނު ރަޝިއާގެ ޑައިވިން ޗެމްޕިއަން ނަޓާލިއާ މޮލްޗަނޯވާގެ ދަރިފުޅެެވެ.

ނަޓާލިއާ ގެއްލިފައިވަނީ 2015 އަހަރު ނަގައިދިން ފީނުމުގެ ޕްރައިވެޓް ސެޝަންއެއްގެ ތެރެއިންނެވެ. ތިން މަސް ދުވަހުގެ ރެސްކިއު މިޝަންއަކަށްފަހު އޭނާ މަރުވެފައިވާ ކަމަށް ނިންމީ އޮއިވަރަށް ދަމައިގަތީ ކަމަށް ބަލާފަ އެވެ.