ގެވެށި އަނިޔާއަށް ނުވާ ކަމެއްގައި ގެވެށި އަނިޔާއިން ރައްކާތެރިކޮށްދިނުމުގެ އަވަސް އަމުރެއް ފުވައްމުލަކު ކޯޓުން ނެރެފި އެވެ.
އެ ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓް މުހައްމަދު ސޯދިގު އެ އަމުރު ނެރެފައި ވަނީ ގޯތި ބެހުމުގައި ދޮންމަންމަ އަކާއި ދޮންދަރިއަކާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުމަކާ ގުޅިގެންނެވެ.
ދޮންމަންމަގެ ފަރާތުން ހުށަހެޅި ދައުވާގައި އެއްވެސް ގޮތަށް އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް ވެސް ބުނެފައެއް ނުވެ އެވެ.
ދައުވާގައި ވަނީ މުދާ ހުއްދަ ނޫން ގޮތުގައި ހިފެހެއްޓުމާއި ދޮރުގެ ތަޅު ބަދަލުކުރި ކަމަށް ތުހުމަތު ކޮށްފަ އެވެ. އަދި އެގޭގައި ހުރި ދޮންނަ މެޝިން ވަގަށް ނަގާފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
ދޮންދަރީގެ އެ އަމަލުތަކާ ހެދި ގެއިން ނުކުމެގެން ގޮސްފައިވާ ކަމާއި މަގުމަތިން ފެނުމުން އެއީ "ކަލޭގެ ގެއެއް ނޫން" ކަމަށް ދޮންދަރި ބުނާ ކަމަށް ދައުވާގައިވެ އެވެ.
ކޯޓުން ނެރުނު އަމުރުގައި ވަނީ ދޮންމަންމައަށް ބަހުގެ ހަމަލާ ނުދިނުމަށާއި މީހެއްގެ މުދާ އެ މީހެއްގެ ހުއްދަ ނެތި ނުހިފެހެއްޓުމުގެ އިތުރުން ޝިކާރައަކަށްވި މީހާގެ މައްޗަށް ބާރު ފޯރުވުމަށް ނުވަތަ އެ ނޫން ވެސް އަނިޔާވެރި ކަމަށް ބެލެވިދާނެ ފަދަ ކަމެއް ނުކުރުމަށް ދޮންދަރިއަށް އަންގައި އަމުރުކޮށްފަ އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު އައްޔަންކޮށްފި
އެމެރިކާއިން މިހާރު ހިންގަނީ އިގްތިސާދީ ޓެރަރިޒަމް: އީރާން
ގައުމުތަކުގެ މެދުގައި ކުރާ ވިޔަފާރި އަވަސްކުރަން އެއްބަސްވުމަކަށް