ހުޅުމާލޭ ސްކޫލެއްގެ ފިރިހެން ކުއްޖަކާއި ބެހުނު ކަމަށް ބުނެ ޓީޗަރަކަށް މިރޭ ބަޔަކު އަނިޔާކޮށްފި އެވެ.
އޭނާއަށް ބަޔަކު އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައިވަނީ އާއްމުވެފަ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަޔަކު މީހުން މީހަކަށް އަނިޔާކުރާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި މިހާރު އަނިޔާ ލިބުނު މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޓިއުޝަން ދިނުމަށްކަމަށް ބުނެ ކުޑަކުއްޖަކު ގެންގޮސްގެން އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ އާއިލާއިންވަނީ ފުލުހުންނަށް ހުށައަޅާފަ އެވެ. މިމައްސަލަ ހުށައަޅާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށާއި މިހާތަނަށް އޭނާއާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އާއިލާއިން ބުނެ އެވެ.
އޭނާ ބަންދުކުރުމަށް ގޮވާލާ ހުޅުމާލޭ ޕޮލިސް ސްޓޭޝަން ކައިރީގައާއި ހިޔާ ފްލެޓް ސަރަހައްދުގައި ބަޔަކު އަޑު އުފުލަން ފެށުމުން ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ މިހާރު ވަނީ ފުލުހުންގެ ބަންދަށް ގެންގޮސްފަ އެވެ.