މިހާރަކަށް އައިސް އެންމެ ތުއްތު ކުދިންތަކުން ފެށިގެން ފުރާވަރުގެ ކުދިން ޓެކްނޮލޮޖީއަށް ދެވިހިފުމަކީ އާއްމު ކަމެކެވެ. މިއީ އެކުދިންގެ ހެދިބޮޑުވުމާއި ސިއްހަތަށް ނުރައްކާތެރި ކަމެއް ކަމުން ކުޑަކުދިން ސްކްރީންތަކާ ދުރު ކުރެވިދާނެ ބައެއް ގޮތްތަކަށް ބަލާލާނަމެވެ.

ސްކްރީން ޓައިމްއަށް ވަކި ވަގުތެއް ކަނޑައެޅުން

އެންމެ ފުރަތަމަ ކަމަކަށް އެކުދިން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރާނެ ހާއްސަ ވަކި ވަގުތެއް ކަނޑައަޅާށެވެ. ދުވާލުގެ ކޮންމެ ވެސް ގަޑިއެއް އެކަމަށް ހާއްސަ ކުރާށެވެ. އަދި އެ ވަގުތަށް ކަމޭހިތަން ކުދިންނަށް ވިސްނައިދީ ހަރުކަށި ކަމާއެކު ސްކްރީން ޓައިމް ބަލަހައްޓާށެވެ.

ހެލިފެލިވެ އުޅެވޭނެ ހަރަކާތްތައް އިތުރު ކުރުން

ގޭގައި ހުރެގެންވެސް ހެލިފެލިވެ ކުރެވޭނެ ހަރަކާތްތަކެއް ހުންނާނެ އެވެ. ނެށުމާއި ކަސްރަތު ކުރުން ފަދަ ކަންކަން ކުރުމަށް އެކުދިންނަށް ހިތްވަރު ދޭށެވެ. އަދި އެ ކަންކަމުގައި އެ ކުދިންނާއެކު ބައިވެރިވާށެވެ.

ކުދިންނާއެކު ހޭދަކުރާ ވަގުތު އިތުރު ކުރުން

ތިބާގެ ބުރަ ދިރިއުޅުމުން ވީހާ ވެސް ގިނަ ވަގުތު ދަރިންނަށް ހާއްސަ ކުރާށެވެ. އެކުދިންނާ ވާހަކަ ދައްކާ މިހާރުގެ ހާލަތާ ބެހޭ ގޮތުން ހޭލުންތެރި ކުރުވާށެވެ. އެއީ އުފާވެރި އަދި މަޖާ އާއިލީ ވަގުތުކޮޅަކަށް ހަދާށެވެ.