ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވައިފި އެވެ. ގަވަނިން ބޯޑު އެކުލަވާލައްވާ، ހަ ބޭފުޅަކު ވަނީ ބޯޑަށް އައްޔަންކުރައްވާފަ އެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑު:

1. މުޙައްމަދު ސާމިޢު (އެމްޓޭޝަންގެ، ރ.މަޑުއްވަރި)

2. ޑޮކްޓަރ ޙައްވާ ޢިނާޔާ ޢަބްދުއްރަޙީމް (އަލަމާގެ، ތ.ވިލުފުށި)

3. ފާތިމަތު ނަޝީދާ މުޙައްމަދު (މ.މުތާފުށި ، މާލެ)

4. ޢަލީ އިބްރާހީމް (ފައިވްސްޓަރ، ރ.ދުވާފަރު)

5. އާދަމް މާހިރު (މެޑޯޒް، ރ.އަލިފުށި)

6. މޫސާ ޢުމަރުމަނިކު (ޗަބޭލީގެ، ރ.ފައިނު)

މި ބޯޑުގެ ޗެއާޕަސަންގެ މަގާމަށް ރައީސް ޢައްޔަންކުރެއްވީ މުހައްމަދު ސާމިއު އެވެ. މި ބޯޑު އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ، ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތުގެ ފެންވަރު ހިފަހައްޓާ، ހޮސްޕިޓަލްގެ ކުރިއެރުމަށް މަސައްކަތް ކުރުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިބޯޑު އުފެއްދެވުމާ ގުޅިގެން ރ.އަތޮޅުގައިވާ ސަރުކާރުގެ 14 ޞިއްޙީ މަރުކަޒު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ދަށުން ބެލެހެއްޓެވުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފަ އެވެ.

އުނގޫފާރު ހޮސްޕިޓަލަކީ ސަރުކާރުން ޓަރޝަރީ ފެންވަރަށް ތަރައްގީކުރާ، އަތޮޅުތަކުގެ 5 ހޮސްޕިޓަލްގެ ތެރޭގައި ހިމެނެ އެވެ.

އުނގޫފާރު ހޮސްޕިޓަލްގެ އޯޕީޑީއަށް އެވްރެޖްކޮށް ދުވާލަކު 400 މީހުން ޑޮކްޓަރަށް ދައްކަ އެވެ. މިދިޔަ އަހަރު އެ ހޮސްޕިޓަލްގެ އޯޕީޑީއަށް 62000 ފަހަރު ޑޮކްޓަރަށް ދައްކާފައިވެ އެވެ.