ނިއު ދިއްލީ (03 ސެޕްޓެމްބަރު) - އިންޑިއާގައި އަލަށް ބަނދެ ތައްޔާރުކޮށްފައިވާ އެ ގައުމުގެ ފުރަތަމަ އެއާކްރާފްޓް ކެރިއާ އަސްކަރީ މަނަވަރު "އައިއެންއެސް ވިކްރާންތު" ހިދުމަތަށް ނެރެފި އެވެ.
ތިން ބިލިއަން ޑޮލަރު ހަރަދުކޮށްގެން ބަނދެފައިވާ މި މަނަވަރާއެކު އިންޑިއާ ވެގެންދާނީ އަސްކަރިއްޔާގައި އެއް އެއާކްރާފްޓް ކެރިއާއަށް ވުރެ ގިނައިން އޮތް މަދު ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ.
މީގެ ކުރިން އެގައުމުގެ އަސްކަރިއްޔާގައި އޮތް އެއާކްރާފްޓް ކެރިއާ އައިނެންއެސް ވިކްރަމްއަދިތުޔާއަކީ ސޮވިއެޓް ޔޫނިއަންގެ ދައުރުގައި ރަޝިއާއިން ގަނެފައިވާ މަނަވަރެކެވެ.
އައިއެންއެސް ވިކްރާންތު ޚިދުމަތަށް ނެރުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ މި މަނަވަރާއެކު އެގައުމުގެ އަސްކަރިއްޔާއަށް އޮތް އިތުބާރު ބޮޑުވެފައިވާ ކަމަށާއި މިފަަދަ މަނަވަރެއް އަމިއްލައަށް ބަނުމުން އެނގިގެންދަނީ އިންޑިއާއިން ކުރަން ބޭނުން ވެއްޖެނަމަ ނުކުރެވޭނެ ކަމެއް ނޯންނާނެކަން ކަމަށެވެ.
40،000 ޓަނުގެ މުދާ އުފުލޭ އައިއެންއެސް ވިކްރާންތުއަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ހަނގުރާމައިގެ މައިދާނުގައި ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ މަނަވަރެކެވެ.
މި މިނަވަރު އެއްކޮށް ބޭނުން ކުރަން ފެށުމުން އެއްފަހަރާ 30 އެއާކްރާފްޓް އުފުލުމުގެ ގާބިލުކަން މަނަވަރަށް ލިބިގެންވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިންޑިއާ އަސްކަރިއްޔާރގެ ކަނޑުގެ އޮޕަރޭޝަންތައް ފެށިގެން އައީ 1961 ވަނަ އަހަރު ނަމަވެސް އަހަރުތަކުގެ ތެރޭގައި އެގައުމުން ވަނީ ކަނޑުގެ އޮޕަރޭޝަންތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. -- ސީއެންއެން
އޫކްލާ އެވޯޑްސްއިން ދިރާގުގެ 5ޖީ ހިދުމަތައް 3 އެވޯޑް
"ޑޮން 3" ރަންވީރު ވެސް ދޫކޮށްލީތަ؟
ހިރިމަރަދޫ އަކީ މީހުން ދިރިނޫޅޭ ރަށެއް ކަމަށް ކަނޑައަޅައިފި
ހީވަނީ ކޮންޓެއިނަރ ކެރިއަރެއްހެން……!