ޕެޓަލިންގް ޖާޔާ (04 ސެޕްޓެމްބަރު) - ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގް ހޮސްޕިޓަލުގައި އެޑުމިޓްކޮށް ފަރުވާދެމުން އަންނަ ކަމަށް އޭނާގެ އޮފިޝަލުން ބުނެފި އެވެ.

"އޭނާ މިވަގުތު އަންނަނީ ކުއަލަލަމްޕޫރުގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާ ދެމުން. މިވަގުތު ޖަލުގެ ހުރިހާ އޮފިސަރުންނަށް ޝުކުރު އަދާކުރަން،" ނަޖީބުގެ ހާއްސަ އޮފިޝަލް ބުނެފައިވެ އެވެ.

ނަޖީބަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި ނަމަވެސް އޭނާގެ ސިއްހީ ހާލަތުގެ އެއްވެސް މައުލޫމާތެއް މީޑިއާގައި އާއްމު ކޮށްފައެއް ނުވެ އެވެ.

ޖަލުގެ އޮފިސަރުންނާ ހަވާލާދީ މަސްދަރުތަކުން ބުނާ ގޮތުގައި ނާޖިބުގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ. އަދި އިތުރަށް ބޭނުންވާ ސިއްހީ ފަރުވާތައް ވެސް އޭނާއަށް ދަނީ ލިބެމުންނެވެ.

"ވެގެން އުޅޭ ގޮތެއް އެނގެން ދުވަސްކޮޅެއް ނެގިނަމަވެސް ބޮޑަށް ލަފާކުރެވެނީ ނާޖިބު ހައްދަވަނީ މެޑިކަލް ޗެކްއަޕްއެއް ހެން،" މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ނަޖީބު އަންނަނީ މަގާމުގައި ހުންނެވި ދުވަސްވަރު މަގާމުގެ ނުފޫޒާއި ބާރު ބޭނުންކޮށް ކޮރަޕްޝަން ހިންގިކަމުގެ ކުށް ސާބިތުވެ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.