ބެރީގެ އެކި ވައްތަރުތަކަކީ ވެސް ފައިދާތަކުން ފުރިގެންވާ ރަހަ މީރު ބާވަތްތަކެކެވެ. އެގޮތުން ބްލޫބެރީ އަކީ ވެސް އޭގެ ސަބަބުން ގިނަ ފައިދާތަކެއް އިންސާނާގެ ހަށިގަނޑަށް ކުރާ ބެރީ އެކެވެ.

އަނގައަށް މީރުވެފައި ގިނަ ފައިދާތަކެއް ބްލޫބެރީ އިން ކުރާ އިރު، އެންމެ ފާހަގަކޮށްލެވޭ އެއް ފައިދާ އަކީ ބްލޫބެރީ ކެއުމުން ކޮލެސްޓްރޯލް ލެވެލް ދަށްވާ ކަމެވެ. ބްލޫބެރީ އަކީ އެންޓިއޮކްސިޑެންޓް ގިނަ މޭވާއެއް ކަމުން އެއީ ހިތަށް ވަރަށް ފައިދާ ކުރާ މޭވާއެކެވެ. ބްލޫބެރީ ކެއުމުން ހިތުގެ ބަލިތަކުން މީހާ ސަލާމަތް ކޮށްދެ އެވެ.

އޭގެ އިތުރުން ބްލީބެރީ ކެއުމުން މީހާގެ ލޭގެ ޕްރެޝަރު ވެސް ދަށްކޮށްދެ އެވެ. އަދި ސިކުނޑިއަށް ވެސް މި މޭވާ އިން ގިނަ ފައިދާތަކެއް ކުރެ އެވެ. އެގޮތުން ވިސްނުން ތޫނުކޮށްދީ ހަނދާން ގަދަކޮށްދެ އެވެ.

ބްލޫބެރީއަކީ ހަކުރު ބަލި ހުންނަ މީހުންނަށް ވެސް ވަރަށް ފައިދާ ހުރި މޭވާ އެކެވެ. އެގޮތުން މި މޭވާ އިން އިންސިއުލިން ސެންސިޓިވިޓީ އިތުރުކޮށް ގުލްކޯސް މެޓަބޮލިޒަމް އިތުރުކޮށްދެ އެވެ.

އެއާއެކު މި މޭވާ ކެއުމުން ކަށިތަކާއި މަސްތައް ވަރުގަދަ ކޮށްދީ ހުޅުތަކުގައި ރިއްސުން ލުއިކޮށް ދިނުމުގެ އިތުރުން ހަޖަމްކުރުމުގެ ނިޒާމަށް ވެސް ގިނަ ފައިދާ ތަކެއް ކުރެ އެވެ.

މިފަދަ ގިނަ ފައިދާތަކެއް ބްލޫބެރީ އިން ކުރާއިރު، ގިނަ ގިނަ އިން ބްލޫބެރީ ކެއުމަކީ އެދެވިގެންވާ ކަމެކެވެ.