ވިޓަމިން ޑީ އަކީ ހަށިގަނޑަށް އެންމެ ފައިދާހުރި އެއް މާއްދާއަށް ވީއިރު، ވިޓަމިން ޑީ ލިބުން މަދުވުމުން ހަށިގަނޑަށް ހީވެސް ނުކުރާ ކަހަލަ ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ދިމާވެދާނެ ބައެއް ކަންކަމަށް ބަލާލާނަމެވެ.

"މޫޑީ" ވުން

ހަށިގަނޑަށް ވިޓަމިން ޑީ ނުލިބޭ ކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ މީހާގެ މޫޑަށާއި އަމަލުތަކަށް އަންނަ ބަދަލުތަކެވެ. އެގޮތުން، ވިޓަމިން ޑީ ލިބުން މަދުވުމުން ބައެއް ފަހަރު ކަންތައްތަކާއި މާ ބޮޑަށް ހާސްވުމާއި ކަންބޮޑުވުން އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ.

މާ ގިނައިން އިސްތަށި ފޭބުން

ގޭގައި މާ ގިނަ ދުވަސް ވަންދެން އަތްވަށް ނުނުކުމެ ހުރެއްޖެނަމަ އެހެން ނޫނީ ބޮލުން މާ ގިނައިން އިސްތަށި ވަނީ ފާހަގަ ކުރެވިފަ އެވެ. މިއީ ވިޓަމިން ޑީ ހަށިގަނޑުގައި މަދުވުމެގެ އެންމެ ބޮޑު އެއް އަލާމާތް ކަމުގައި ބުނެވެ އެވެ. އަދި އިސްތަށި ފޭބުން ހުއްޓުވުމުގެ ގޮތުން ވިޓަމިން ޑީ އެކުލެވޭ މޭވާއާއި ތަރުކާރީ ކެއުމަށް އާދަ ކުރުމަކީ މުހިންމު ކަމެކެވެ.

ހުޅުހުޅުގައި ރިއްސުން

ހުޅުހުޅުގައި ރިއްސާ، ނުވަތަ އެހެން ނޫނީ ވަރުބަލިވާ ވަރަށް ވުރެ އަވަހަށް ވަރުބަލި ވުމާއި މަސްގުޅަ ކެއުމުގެ އިތުރުން އަކުނިވަޔަށް ދެމުމަކީ ވިޓަމިން ޑީ ހަށިގަނޑަށް ލިބެން ޖެހޭ ވަރަށް ނުލިބުމުން ކުރިމަތިވެދާނެ ކަމެކެވެ.

އާއްމު ބަލިތައް ގިނަވުން

ވިޓަމިން ޑީ ހަށިގަނޑަށް ލިބޭ މިންވަރު މަދުވެއްޖެ ނަމަ މީހާގެ ދިފާއީ ނިޒާމް ވެސް ބަލިކަށިވެ އެވެ. އެގޮތުން، ގިނައިން، ބަލިވެ، ރޯގާ ޖެހި ހުން އަންނަން ފެށުމަކީ ވެސް ވިޓަމިން ޑީ ހަށިގަނޑުގައި އެކުލެވޭ މިންވަރު މަދުކަން އަންގައިދޭ ކަމެކެވެ.