ކެއުމަށް ލޯބިކުރަން ހެއްޔެވެ؟ ފަލަވެދާނެތީ ކާން ބޭނުންވާ ވަރަށް ނުކައި ދޫކޮށްލަން ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ހާސްވާނެ ކަމެއް ނެތެވެ. ތިރީގައި މި ދަންނަވާ ބާވަތްތަކަކީ ކިތަންމެ ވަރަކަށް ކެއަސް އެކަމުން ބަރުދަނަށް މާބޮޑު ބަދަލެއް ނާންނަ ކެއުންތަކެވެ.

ސެލެރީ

ސެލެރީގެ %95 އަކީ ފެނެވެ. އިތުރުވާ ބަރުދަން ލުއިކުރުމަށް ސެލެރީން އެހީވެ އެވެ. އަދި ސެލެރީއަކީ ކުޑަކަމުދިއުމަށް އެހީވާ އެއްޗެއްވެސްމެ އެވެ.

ބަށި

ބަށްޓެއްގެ ފަޅިއެއްގައި ހުންނާނެ ކަމަށް އަންދާޒާވަނީ 20 ކެލޮރީ އެވެ. އެހެންކަމުން ތެލާ ނުލައި ބަށި ފިހެގެން ކެއުމަށް މާހިރުން ލަފާދެ އެވެ. އީރުން އެއްވެސް ހިފެހެއްޓުމެއް ނެތި މި މީރު ތަރުކާރީގެ މީރު ރަހަ ތަޖުރިބާ ކުރެވިދާނެ އެވެ.

ސްވީޓް މެލަން/ރޮކްމެލަން

މިބާވަތުގެ މޭވާގެ ފަޅިއެއްގައި ހުންނާނެ ކަމަށް ބެލެވެނީ 53 ކެލޮރީއެވެ. މިއީ ކޮންމެ ދުވަހެއްގައިވެސް ކާލަން ރަނގަޅު ދެ މޭވާ އެވެ. ބަނޑުފުރި ހައިކަން ފިލިކަމުގެ އިހުސާސް މި މޭވާއިން ލިބެ އެވެ.

ޒުކީނީ

ކޮށާފައި ހުންނަ ޒުކީނީ ޖޯޑެއްގައި 20 ވަރަކަށް ކެލަރީ ހުންނާނެ ކަމުގައި ބެލެވެ އެވެ. އެއީ އާންމުކޮށް ތައްޔާރުކުރާ ކެއުންތަކުގައި ބޭނުންކުރެވޭނެ މީރު ތަރުކާރީ އެކެވެ.

ކެރެޓު

ކެރެޓަކީ ތިބާގެ ހައިކަން ފިލާ މިންވަރަށް ގެއްލުމެއް ލިބުމެއް ނެތި ކެވޭނެ ތަރުކާރީއެކެވެ. ތަށްޓެއް ނުވަތަ ޖޯޑެއްގެ ކޮށާފައިވާ ކެރެޓުގައި ހުންނާނެ ކަމަށް ލަފާ ކުރެވެނީ ގާތް ގަނޑަކަށް 16 ކެލޮރީ އެވެ.