ލޭގެ ގްރޫޕްތަކަކީ ''އޯޓަސޯމް'' ނަމަކަށް ކިޔާ ޖީންއެއްގެ އެހީގައި މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ސިފަ އެކެެވެ. ލޭގެ ގުރޫޕް ކަނޑައަޅަނީ އުފެދުމުގައި ލޭގެ ރަތް ސެލްގެ ސަތަހައިގައި ހުންނަ ''އެންޓިޖަން''ތަކާއި ގުޅުވައިގެންނެވެ. އެކި ގްރޫޕްތަކުގައި އެކި ވަރަށް އެންޓިޖެން ހިމެނޭއިރު ގްރޫޕުތައް ވަކި ކުރެވެނީ މިގޮތުގެ މަތިންނެވެ.

އޭ ގްރޫޕް

ލޭގެ ރަތް ސެލްގެ ސަތަހައިގައި ހުންނާނީ އޭ އެންޓިޖަން އެވެ. ޕްލާޒްމާގައި ހުންނާނީ އެންޓިބީ އެންޓިބޮޑީ އެވެ.

ބީ ގްރޫޕް

ލޭގެ ރަތް ސެލްގެ ސަތަހައިގައި ހުންނާނީ ބީ އެންޓިޖަން އެވެ. ޕްލާޒްމާގައި ހުންނާނީ އެންޓިއޭ އެންޓިބޮޑީ އެވެ.

އޭބީ ގްރޫޕް

ލޭގެ ރަތް ސެލްގެ ސަތަހައިގައި އޭ އަދި ބީ އެންޓިޖަން ހުރެއެވެ. ޕްލާޒްމާގައި އެންޓިބޮޑީއެއް ނުހުރެ އެވެ.

އޯ ގްރޫޕް

ލޭގެ ރަތް ސެލްގެ ސަތަހައިގައި މިއިން އެއްވެސް އެންޓިޖަންއެއް ނުހުންނާނެ އެވެ. ޕްލާޒްމާގައި އެންޓިއޭ އަދި އެންޓިބީ އެންޓިބޮޑީތައް ހުރެ އެވެ.

ދުނިޔޭގެ އާބާދީއަށް ބަލާއިރު އެންމެ ގިނަ މީހުންގެ ހަށިގަނޑުގައި ހުންނަ ލޭގެ ގްރޫޕަކީ "އޯ" ގްރޫޕް އެވެ. އަދި އެންމެ މަދުން ފެންނަނީ "އޭބީ" ގްރޫޕްގެ ލެ އެވެ.