ގިނަ ބަޔަކަށް އެނގޭ ދޮންކޭލަކީ އެއިން އަހަރެމެންގެ ހަށިގަނޑަށް ގިނަގުނަ ފައިދާ ލިބޭ މޭވާ އެކެވެ. ހާއްސަކޮށް ކިޔަވާކުދިންނަށް ހެނދުނު ސްކޫލަށް ދިއުމުގެ ކުރިން ދޮންކޭޔޮވަކަކާއި އެކު ކިރުތައްޓެއް ދިނުމަށް ބެލެނިވެރިންނަށް ހާއްސަ ސަމާލުކަމެއް ދެއެވެ. ސަބަބަކީ ދޮންކޭލަކީ ވިސްނުން ތޫނުކޮށްދިނުމަށް އެހީވެދޭ އެއްޗަކަށް ވާތީ އެވެ.
މީގެ އިތުރުން ދޮންކޭލަކީ ގިނައަދަދަކަށް ޕޮޓޭސިއަމް ހިމެނޭ މޭވާ އެއްކަމުން ލޭ މައްޗަަށް ދާ ނަމަ މިއީ ކެއުމުގައި ހިމެނުމަށް ރަނގަޅު މޭވާ އެކެވެ. މީގެ އިތުރުން ވިޓަމިން ބީ6، ފައިބާ އަދި ވިޓަމިން ސީ ވެސް ގިނަ އަދަދަކަށް ދޮންކޭލުގައި ހިމެނެ އެވެ. މިއީ ހިތަށް ބޭނުންވާނެ އެންމެ މޮޅު ނިއުޓްރިޝަން ޕެކޭޖެވެ.
ކެންސަރު ޖެހުމުން ދުރުކޮށްދެނީ ދޮންކޭލުގައި ހިމެނޭ ވިޓަމިން ސީ އެވެ. ވިޓަމިން ސީ އިން ކެންސަރުޖެހުމަށް މަގުފަހިވާ ހަށިގަނޑު ތެރޭގައި ހުންނަ ނުރައްކާތެރި ރެޑިކަލްސްތައް ނައްތާލަ އެވެ. މީގެ އިތުރުންވެސް ހަންގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމާއި މުސްކުޅިވުމުން ދުރުކޮށްދޭ މޭވާތަކުގެ ތެރޭގައި ވެސް ދޮންކެޔޮ ހިމެނެ އެވެ.
ދޮންކެޔޮ އެންމެ ރަނގަޅީ ކޮންމެ ދުވަހަކު 3 އިރު ކެއުމުންނެވެ. އެއީ ހެނދުނު އަދި މެންދުރާއި ރޭގަނޑުގެ ކެއުމަށްފަހު އެވެ.