ކަދުރަކީ އަހަރުމެންގެ ދީނުގައި ވެސް ވަރަށް މާތް ކުރައްވާފައިވާ އެއްޗެކެވެ. ދީނީ ގޮތުން ކަދުރު ބޭނުން ކުރުމަށް އިރުޝާދު އައިސްފައިވާއިރު ސައިންސުގެ އަލީގައި ވެސް އެކަން މިވަނީ ސާބިތު ކޮށްދީފަ އެވެ.

ހަޖަމުގެ ނިޒާމް ފަސޭހަ ކޮށްދޭ

ކެވޭ ބައެއް ތަކެތީގެ ސަބަބުން ނުވަތަ ދިޔާއެއްޗެހި ބޮވޭލެއް މަދުވުމުން ތިމާގެ ބަނޑުގެ ހަޖަމުގެ ނިޒާމަށް އުނދަގޫތައް ކުރިމަތިވެ އެވެ. ކަދުރުގައި ހުންނަ ފައިބަރުން ބަނޑު ސާފުކޮށް ހަޖަމްގެ ނިޒާމުގެ މަސައްކަތް ފަސޭހަކޮށްދެ އެކވެ.

އެންޓި އިންފްލެމޭޓްރީ ފައިދާތައް

އިންފްލެމޭޓްރީ އަކީ ހަށިގަނޑު ރަތްވެ ދުޅަވުމެވެ. އެގޮތުން ކަދުރު ކެއުމުން ދުޅަވުން ކުޑަކޮށްދެ އެވެ. ކަދުރުގައި ހިމެނޭ މެގްނީސިއަމް އަކީ ހަށިގަނޑު ދުޅަވުން ކުޑަކޮށްދީ ލޭ ހޮޅިތައް ބެދުމަށް ދުރުކޮށްދޭ މާއްދާ އެކެވެ.

ވިހެއުމަށް ފަސޭހަ ކޮށްދޭ

ވިހަން 4 ހަފްތާއަށް ވެފައި އޮއްވާ ކަދުރު ކެއުމުން ވިހެއުމަށް ފަސޭހަވެ ދަރިފުޅުގެ ސިއްހަތަށް އެތައް ފައިދާ ތަކެއް ކުރެ އެވެ.

ސިކުނޑި ދުޅަހެޔޮ ވުން

ދިރާސާތަކުން ދައްކާ ގޮތުގައި ވިޓަމިން ބީ6 އަކީ ސިކުނޑީގެ ހަރަކާތްތައް އިތުރުކޮށްދޭ މާއްދާ އެކެވެ. މި ވިޓަމިން ގިނަ އަދަދަކައް ކަދުރުގައި ހިމެނެ އެވެ.

ސްޓްރޯކް ޖެހުން ދުރުކޮށްދޭ

ކޮންމެ ދުވަހަކު 100 މިލިގުރާމުގެ މެގްނީސިއަމް ކެއުމުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ނުވަ ޕަސެންޓް ކުޑަކޮށްދެ އެވެ. އެގޮތުން މެގްނީސިއަމް އެންމެ ގިނައިން ހިމެނޭ މޭވާ އަކީ ކަދުރެވެ.