ރައީސް ލިއުއްވި މެސެޖުގައި ރާނީ އެލިޒަބަތު 2 އަވަހާރަވުމާ ގުޅިގެން މުޅި ދުނިޔެ ހިތާމަ ފާޅުކުރަމުންދާއިރު، އެ ކަމަނާގެ ގައުމުގައި، އެކަމަނާގެ އެންމެ ގާތްބޭފުޅުންނާއެކު، އެންމެ ފަހުގެ އިހުތިރާމް އަދާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށް ވިދާޅުވި. އަދި ރާނީ އެލިޒަބަތު 2 ގެ ހަނދާންތަކަކީ ހިތްތަކުގައި ބިންވަޅުނެގިފައިވާ އެތައް ޖީލުތަކަށް ދެމި އޮންނާނެ ހަނދާންތަކެއް ކަމަށް ވެސް ފާހަގަކުރައްވާފައިވޭ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، އިނގިރޭސިވިލާތުގެ ތަހުތުގައި 70 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވި، އަދި އެ ގައުމުގައި އެންމެ ދިގުމުއްދަތަކަށް ރަނިކަން ކުރެއްވި އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނައަށް އެންމެފަހުގެ އިހުތިރާމު އަދާކުރައްވައިފި އެވެ.

އުމުރުފުޅުން 96 އަހަރުގައި ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވީ މިމަހުގެ 8 ވަނަ ދުވަހު އެވެ.

ރާނީއަށް އެންމެފަހުގެ އިހުތިރާމު އަދާކުރެއްވުމުގެ ކުރިން ރައީސްގެ ދެކަނބަލުން، ރާނީ އަވަހާރަވުމާއި ގުޅިގެން ލަންޑަނުގެ ލަންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ތައުޒިޔާގެ ދެ މެސެޖު ލިއުއްވާފަ އެވެ. މި ދެ މެސެޖުގައި ރައީސްގެ ދެކަނބަލުން ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 އަށާއި، ޝާހީ އާއިލާއަށާއި، އިނގިރޭސިވިލާތާއި އަދި ކޮމަންވެލްތް ގައުމުތަކުގެ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފަ އެވެ.

ތައުޒިޔާގެ ދަފްތަރުގައި ރައީސް ލިއުއްވި މެސެޖުގައި ރާނީ އެލިޒަބަތު 2 އަވަހާރަވުމާ ގުޅިގެން މުޅި ދުނިޔެ ހިތާމަ ފާޅުކުރަމުންދާއިރު، އެ ކަމަނާގެ ގައުމުގައި، އެކަމަނާގެ އެންމެ ގާތްބޭފުޅުންނާއެކު، އެންމެ ފަހުގެ އިހުތިރާމް އަދާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ރާނީ އެލިޒަބަތު 2 ގެ ހަނދާންތަކަކީ ހިތްތަކުގައި ބިންވަޅުނެގިފައިވާ އެތައް ޖީލުތަކަށް ދެމި އޮންނާނެ ހަނދާންތަކެއް ކަމަށް ވެސް ފާހަގަކުރައްވާފައިވެ އެވެ.

އިނގިރޭސިވިލާތުގެ ތަހުތުގައި 70 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވި އިނގިރޭސި ރާނީ އެލިޒަބަތު ދެ ވަނަ.

ތައުޒިޔާގެ ދަފްތަރުގައި ރައީސްގެ އަނބިކަނބަލުން ލިއުއްވާފައިވާ މެސެޖުގައި، އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމަކީ އެކަމަނާއާއި އަދި މުޅި ދުނިޔޭގެ އެތައް ބަޔަކަށް ފުން ހިތާމައާ މޮޅިވެރިކަން ގެނުވި ކަމެއްކަން ފާހަގަކުރައްވާފައިވެ އެވެ. މީގެ އިތުރުން ރައީސްގެ އަނބިކަނބަލުން ވަނީ މައެއްގެ ގޮތުން އެކަމަނާގެ އަމިއްލަފުޅު ތަޖުރިބާތައް ފާހަގަކުރައްވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މައިން ވެސް، އިނގިރޭސި ރާނީ، މައެއްގެ ގޮތުގައި، އިނގިރޭސި ވިލާތަށް އަދި އެ ގައުމުގެ ރައްޔިތުންނަށްޓަކައި ކޮށްދެއްވި ޚިދުމަތްތަކަކީ ތައުރީފު ހައްގު ޚިދުމަތްތަކެއްކަން ފާހަގަކުރައްވާފަ އެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސްގެ އަނބިކަނބަލުން ލިއުއްވާފައިވާ މެސެޖުގައި، އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމަކީ، އެ ކަމަނާއަށާއި މުޅި ދުނިޔޭގެ އެތައް ބަޔަކަށް ފުން ހިތާމައެއް ގެނުވި ކަމެއްކަން ފާހަގަކުރައްވާފައިވެ އެވެ. މީގެ އިތުރުން ރައީސްގެ އަނބިކަނބަލުން ވަނީ އެކަމަނާގެ އަމިއްލަފުޅު ނަންފުޅުގަ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހާ މައިންގެ ފަރާތުން، އިނގިރޭސި ރާނީ، މައެއްގެ ގޮތުގައި، އެ ކަމަނާގެ ގައުމަށާއި ރައްޔިތުންނަށްޓަކައި ކޮށްދެއްވި ޚިދުމަތްތަކަށް ތައުރީފު އަދާކުރައްވާފަ އެވެ.

ރާނީ އެލިޒަބަރު 2 ވަނައިގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ލަންޑަންގެ ވެސްޓްމިންސްޓާ އެބީގައި މާދަމާ އިނގިރޭސިވިލާތުގެ ގަޑިން ހެނދުނު 11 ޖަހާއިރު އެވެ.