ފާހާނާ ތަށްޓަށްވުރެ ސްމާޓް ފޯނުގެ ޑިސްޕްލޭގައި މާ ގިނައިން ޖަރާސީމު ހުންނަކަމަށް އިނގިރޭސިވިލާތުގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.
އިނގިރޭސިވިލާތުގެ އިންޝުއަރެންސް ގޯ އިން ހެދި މި ދިރާސާއިން ދައްކާގޮތުގައި އާމުގޮތެއްގައި ސްމާޓް ފޯނުގެ ޑިސްޕްލޭގައި ފާހާނާ ތަށްޓަށްވުރެ ތިން ގުނަ އިތުރަށް ޖަރާސީމު ހުރެ އެވެ. މިދިރާސާގައި ތަހުލީލުކުރި ފޯނުތަކުގެ ޑިސްޕްލޭގައި 84.9 ކޮލޮނީ ފޯމިން ޔުނިޓުގެ ޖަރާސީމު ހުއްޓެވެ. ނަމަވެސް ފާހާނާ ތަށީގައި ހުރީ 24 ޔުނިޓުގެ ޖަރާސީމެވެ.
ފޯނުގެ ޑިސްޕްލޭގައި ހުންނަ ޖަރާސީމުގެ ސަބަބުން ހަމުގެ އެކި މައްސަލަތައް ދިމާވުމަށް މަގުފަހިވެ އެވެ. މިގޮތުން ހަމުގެ ބަލިތަކާއި ރޯގާތައް ޖެހުމަށް މަގުފަހިކޮށްދޭ ޖަރާސީމުތައް ފޯނުން ގިނައިން ފެނެ އެވެ.
ފޯނު ޖަރާސީމުން ސަލާމަތް ކުރުމަށްޓަކައި ފާހާނާ ކުރާއިރު ފޯނު ބޭނުންކުރުމާއި ދުރުހެލިވެވިދާނެ އެވެ. އަދި ފޯނު ސާފުކުރުމަށް މައިކްރޯފައިބަރ ފޮތިކޮޅެއް ބޭނުންކުރެވިދާނެ އެވެ.
ފޯނަކީ އަހަރުމެން އާއްމުކޮށް ބޭނުންކުރާ ވަސީލަތަކަށް ވެފައިވާއިރު ރައްކާތެރި ކަމާއެކު އެ ބޭނުން ކުރުމަކީ އެންމެންގެ ސަލާމަތަށް ވެސް ވަރަށް މުހިއްމު ކަމެކެވެ.
އީރާނާ ދެކޮޅަށް ވަރުގަދަ އިގްތިސާދީ ހަނގުރާމައެއް އިއުލާންކޮށްފި
ކޯޓު ހުކުމަށް އަމަލުނުކުރި ކަމަށް ބުނެ މައްސަލަ ކައުންސިލަށް
ދިރިއުޅުމުގައި ގެންގުޅޭ އާދައިގެ މި "ހޮބީ"ތަކުން އުމުރު ދިގުވޭ!