ޖާސޫސުކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ގައުމީ ސަލަމާތަށް ނުރައްކާވެގެން ހައްޔަރުކުރި އިންޑިއާއަށް ނިސްބަތްވާ ދެމީހުން ފުރުވާލައިފި އެވެ.

ފުލުހުން ބުނީ އެ ދެމީހުން ބަންދުން ބަންދުން ދޫކޮށްލާ، އެމީހުން ފުރުވާލާފައިވާ ކަމަށެވެ.

އެ ދެމީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 28 ގަ އެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދިނީ 10 ދުވަހެވެ.

ފުލުހުންގެ އޮފިޝަލަކު ބުނީ މި މައްސަލައިގެ ތަހްގީގު ކުރި ކުރުމުން ޖިނާޢީ ތުހުމަތެއް އުުފުލޭވަރުގެ ހެއްކާއި ގަރީނާ ހޯދިފައިނުވާތީ މި މަހުގެ 08 ވަނަ ދުވަހު އެ ދެ މީހުން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު އެ މީހުން ރާއްޖެއިން ފޮނުވާލައިފައިވާ ކަމަށެވެ.

ޖާސޫސްކުރުމުގެ ތުހުމަތުގައި ގައުމީ ސަލާމަތަށް ނުރައްކާވެގެން ހައްޔަރުކުރި އިންޑިއާ ދެމީހުން ދޫކޮށްލާފައިވާއިރު، މިހާދިސާ ހިނގުމާ ގުޅިގެން އިންޑިއާގެ އޮފިޝަލަކު ރާއްޖެއައިސް އެމީހުން ދޫކޮށްލުމާބެހޭގޮތުން މަޝްވަރާ ކުރި ކަމަށާއި ފުލުހުން ފަހުން ވަނީ އަސްލު ރިޕޯޓަށް ބަދަލު ގެނެސްފައި ކަމަށްވެސް ބައެއް ޚަބަރުތައް ބުނެ އެވެ. އިދިކޮޅު ކޯލިޝަނުން މިއަދު މިމައްސަލައިގައި މަޖިލީހަށްވެއްދި ކުއްލި މައްސަލަވެސް އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުންވަނީ ބޭރުކޮށްލާފަ އެވެ.