ނިދާ ހޭލުމަށްފަހު ބުރަކަށްޓަށް ވާ ތަދުން ހިންދެމިނުލާ ހުންނަން ޖެހޭ ހެއްޔެވެ؟ ހިރިލާނެ ފަރާތެއް ނޭނގި އެތައް އިރަކު އިންނަން ޖެހޭ ހެއްޔެވެ؟ މިކަމުގެ ސަބަބަކީ ނިދަން އޮވެވޭ ގޮތް ކަމުގައި ވެދާނެ އެވެ. ނިދާފައި އޮވެވޭގޮތުން ކަދުރާއަށް ތަދުވެ، އަތުގައި، ކަކުލުގައި ނުވަތަ އުނަގަނޑުގައި ރިހުމަކީވެސް އާންމު ކަމެކެވެ.

ބުރަކަށީގައި ނުވަަތަ އުނަގަނޑުގައި ރިހޭނަމަ އެއް އަރިއަކަށް ނިދާށެވެ. އެއްއަރިއަކަށް އޮންނަ އިރު ދެ ކަކޫ ދޭތެރެއަށް ބަލީހެއް ލައްވާށެވެ. އަދި އުނަގަނޑު ދަށަށްވެސް ކުޑަ ބާލީހެއް ލައްވާށެވެ. މިހެން ކަންތައް ކުރުމުން ހަށިގަނޑު ސީދާގެ މައިބަދަ ލެނބުމުން ދުރުކޮށްދެ އެވެ.

އެއް އަރިއަކަށް ކަކޫ ކުރިމައްޗައް ލަންބާލައިގެން އޮތުމުން ވެސް ބުރަކަށީގެ ރިހުން ދުުރުކޮށްދެ އެވެ. މިއީ މައިބަދައިގެ ޑިސްކުތަކުގައި މައްސަލަ ޖެހިފައި ތިބޭ މީހުންނަށް ނިދަން ރަނގަޅު ގޮތެެކެވެ.

ގިނަ ބަޔަކަށް ފަސޭހައީ ބަންޑުން ނިދަން އޮތުން ނަމަވެސް މިއީ އެކި ގޮތްގޮތުން ގެއްލުންވާ ކަމެކެވެ. މިހެން ނިދުމުގެ ސަބަބުން ކަރަށް ނާރުއަރައި ވާންވެފައި ހުރެ އެވެ. އަދި ބުރަކަށީގެ އެކި މައްސަލަ ހުންނަ ފަރާތްތައް މިހެން ނިދުމުން ރިހުން އިތުވެ ހޭލުމަށްފަހުވެސް ރިހުން ނުފިލައި ހުރެ އެވެ.

ނިދާއިރު އެންމެ ރަނގަޅު ގޮތަކީ ކަކޫދަށަށް ބާލީހެއް ލައިގެން އެއް އަރިއަކަށް ދިނުމެވެ. މިހެން އޮތުމުން ނިދީގައިވެސް ނޭވާ ލާން ފަސޭހަވެ އެވެ. ނުވަތަ ކުޑަ ބަލީހެއް ބުރަކަށި ދަށައް ލައްވާލައިގެން އުއްޑުން ނިދަން އޮތުމަކީ ރިހުމަށް ބޮޑު ލުއެއް ލިބިގެންދާނެ ކަމެކެވެ.