ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ވަހީދު މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުން 65 އަހަރުގައި އޭނާ އަވަހާރަވީ ނިއުމޯނިއާގެ އާލާސްކަންފުޅަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަނިކޮށް މިއަދު ހެނދުނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމްވެސް އަދާކުރައްވާފަ އެވެ. އޭގެ އިތުރުން އައިޖީއެމްއެޗު ހިންގެވުމުގައި ވެސް ދުވަސްކޮޅަކަށް ހުންނެވި އެވެ. ޑރ. އަބްދުﷲ ވަހީދަށް ސްޓްރޯކެއް ޖެހިވަޑައިގަތުމަށްފަހު ހުންނެވީ ދާއިރާއާއި ދުރުގަ އެވެ. އޭގެ ފަހުން އާލާސްކަފުޅާ އުޅުއްވާތީ މެޑިކަލް ކަންތައްތަކުގައި އަމަލީ ގޮތުން ނޫޅުއްވަ އެވެ.
ނަމަވެސް ތާރީހު ދިރާސާ ކުރެއްވުމާއި ބައެއް ނޫސްތަކަށް ތާރީހީ ވާހަކަތައް ލިޔުއްވާއަދި އަމިއްލަ ބްލޮގެއް ހިންގެވުމުގެ މަސައްކަތް ކުރެއްވި އެވެ.
ޑރ. އަބްދުﷲ ވަހީދު އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.
ޓޮމްއާއި ޒެންޑޭޔާގެ ކައިވެނީގެ އަޑުތަކަށް އެންމެ ފަހުން ނިމުމެއް!
ސައުދީއަށް ހަނގުރާމަމަތީ ޖެޓް ވިއްކުމަށް އެމެރިކާއިން ހުއްދަދީފި
މީގެ 25000 އަހަރު ކުރިން ވެސް އިންސާނުން ދުފައި އުޅުނު!