ވިޓަމިން އީ ބޭނުން ވަނީ ކީއްވެ ހެއްޔެވެ؟ ވިޓަމިން އީ ހަމައެކަނި އެހީވެދެނީ ހަންގަނޑު ރީތިކޮށްދޭކަށް ނޫނެވެ. ކޮލެސްޓްރޯލް ލެވެލް ދަށް ކުރުމަށާއި ހިތުގެ ބަލިތަކުން ދުރުކޮށްދިނުމަށްވެސް ވިޓަމިން އީ މުހިއްމު ރޯލެއް އަދާކުރެ އެވެ.

މި ލިޔުމުގައި މި ބަލާލަނީ ވިޓަމިން އީ މުއްސަނދި ބައެއް ކެއުންތަކަށެވެ.

އާމަންޑް

ދިވެހިންނާ ރައްޓެހި އެއްޗަކަށް އާމަންޑް ވެފައިވާއިރު ކޮންމެ ދުވަހަކު ¼ ޖޯޑު އަލްމަންޑް ކެއުމުން ހަށިގަނޑަށް ބޭނުން ވާވަރަށް ވިޓަމިން އީ ލިބުނީ އެވެ.

ސްޕިނިޗް

މިއީ ކެއްކުމުގައި ބޭނުން ކުރާ އާންމު ބާވަަތަކަށް ވާއިރު މިއީވެސް ވިޓަމިން އީ ހިމެނޭ ބާވަތެކެވެ. އެގޮތުން ސްޕިނިޗްގައި ތިމާގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ވިޓަމިން އީ ގެ 25 ޕަސެންޓް ހިމެނެ އެެވެ. މި ސްޕިނިޗްގެ އެންމެ ހާއްސަ ކަމަކީ މީގައި ވިޓަމިން ކޭ ވެސް ގިނަ އަދަދަކަށް ހިމެނުމެވެ މިއީ ލެޔަށާއި ހިތަށް މުހިއްމު ވިޓަމިނެކެވެ.

ބޮޑު މިރުސް

ބޮޑު މިރުސް ނުވަތަ ބެލް ޕެޕާގައި ތިމާގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ވިޓަމިން އީ ގެ 10 ޕަސެންޓް ހިމެނެ އެެވެ. މީގެ އިތުރުން ބެލް ޕެޕާގައި ވިޓަމިން ސީ ވެސް ގިނަ އަދަދަކަށް ހިމެނެ އެެވެ. މިއީ އުމުރުން ދުވަސް ވުމުން ހަންގަނޑަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް މުހިއްމު މާއްދާ އެކެވެ.

އެވޮކާޑޯ

ވިޓަމިން އީ ގެ އިތުރުން އެވޮކާޑޯގައި ފައިބާ، ޕޮޓޭސިއަމް ވިޓަމިން ބީ6، ވިޓަމިން ސީ އަދި ކޭ ހިމެނެ އެވެ. އެވޮކާޑޯގައި ތިމާގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ވިޓަމިން އީ ގެ 21 ޕަސެންޓް ހިމެނެ އެެވެ.