ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި މިހާރު ޑޮލަރު ނެތްކަން ހާމަވެއްޖެ އެވެ.
މައުލޫމާތު ހޯދުމާ ލިބިގަތުގެ ގާނޫނުގެ ދަށުން، “ދިޔަރެސް” ނޫހުން އެދިގެން ފިނޭންސް މިނިސްޓްރީން ހާމަކުރި މައުލޫމާތުތަކުގެ ގޮތުގައި ވާގޮތުން 2020 ވަނަ އަހަރު ނިމުނު އިރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި އެންމެ ޑޮލަރެއްވެސް ނެތެވެ.
އެ ފައިސާ އެއްކޮށް ރުފިޔާއަށް ބަދަލުކޮށް އެ ފަންޑުގައި ހުރި ޑޮލަރު ސަރުކާރުން 2020 ވަނަ އަހަރުތެރޭ ބޭނުންކޮށްފައިވާކަމަށާ އެ ފަހުން އެ ފަންޑަށް ޑޮލަރުން އެއްވެސް ވަރަކަށް ފައިސާ ޖަމާކޮށްފައިނުވާކަމަށްވެސް ވަނީ ހާމަވެފަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެސްޑީއެފް އުފެއްދެވީ ބޭރުގެ ދަރަނި ދެއްކުމަށާއި، ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމަށެވެ.
އަދި އެ ފައިސާ ބޭނުން ކުރަން ވިސްނާފައި އޮތީ އިގްތިސާދަށް ކުރިމަތިވާ ކުއްލި ލޮޅުމެއްގައި ބޭނުން ކުރުމަށާއި، ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް ނަގާ ލޯނު އަނބުރާ ދެއްކުމަށާއި، އަދި ލޯނު ނަގާއިރު ގެރެންޓީއެއްގެ ގޮތުގައި އޭގައި ހުރި ފައިސާ ބޭނުން ކުރުމަށެވެ.
ގާނޫނެއްގެ ދަށުން މި ފައިސާ މިހާރުވެސް ނަގަމުން އަންނަ އިރު، ސަރުކާރުން މިހާރު އެ ފަންޑަށް ފައިސާ ޖަމާކުރަނީ ޑޮލަރު މާރުކޮށް، ދިވެހި ރުފިޔާއިންނެވެ. ނަމަވެސް ފަންޑަށް ފައިސާ ޖަމާ ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ކޮންމެ ދަތުރުވެރިއެއްގެ އަތުން ނެގޭ އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖުންނާއި އެއާޕޯޓުގެ އެކިއެކި ހިދުމަތްތަކުން ލިބޭ ފައިސާއިންނެވެ. ދަތުރު ކުރާ ކޮންމެ ބޭރު މީހެއްގެ އަތުން 25 ޑޮލަރު ނަގާއިރު ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު ނަގަ އެވެ.
އީސީން އިސްތިއުފާދިނީ މިނިވަން މާހައުލެއް ނެތުމުން: ޝަކީލް
ބޯންމެރޯ ހަދަން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި
ބެކަމް އާއިލާގެ ކޯޅުމަށް ނަޒަރެއް: ކާކު ބުނީ ކީކޭ؟