ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުން ފާތުމަތު ރަޒީނާ އިސްތިއުފާ ދެއްވައިފި އެވެ.
ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުން ރަޒީނާ އިސްތިއުފާދެއްވާފައި މިވަނީ އެ މަގާމުގައި 6 އަހަރު ހޭދަކުރެއްވުމަށްފަހުއެވެ.
ސަރުކާރުގެ ހިދުމަތުގައި 20 އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާ ރަޒީނާ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރެއްވީ
ޖުލައި، 5، 2016 ގަ އެވެ.
ރަޒީނާ އިސްތިއުފާ ދެއްވީ ޕީއެޗްޑީއށް ކިޔެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށެވެ. ޕީއެޗްޑީ ހައްދަވަނީ ފައިނޭންސާއި އެކައުންޓިންގެ ދާއިރާއިންނެވެ.
ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތަކީ ދައުލަތުގެ ފައިސާ އާއި ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް، އޮޑިޓަޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓައި ހިންގުމެވެ. އަދި ދައުލަތުގެ މުދާ ގަނެވެނީ ނުވަތަ ރައްކާތެރިކަމާ އެކު ބެލެހެއްޓެނީ ނުވަތަ ބޭނުންކުރެވެނީ ނުވަތަ ވިއްކައި ނައްތާލަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމެވެ.
ޖަނާގެ ބޭންކް ހުޅުވުމުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔަނީ
މުޅިން އާ ވާހަކައަކާއެކު "ޕްރިންސަސް ޑައިރީސް 3" އަންނަނީ!
އުމުރުން 36 އަހަރުގައި "ސްކްރީމް"ގެ ތަރި ހޭޑެން މަރުވެއްޖެ