ރޯމް (25 ސެޕްޓެމްބަރު) -އިޓަލީގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެ އެވެ.

މިއަދު ހެނދުނު އިޓަލީ ގަޑިން 7 ޖެހިއިރު ފަށައިގެން މިރޭގެ 11 ޖެހުމާ ހަމައަށް ކުރިއަށް ދާ އިންތިހާބުގައި އެގައުމުގެ ވޯޓު ލިބުމުގެ ހައްގު ލިބިގެންވާ އާބާދީގެ ގިނަ ބަޔަކު މިހާތަނަށް ވެސް ވޯޓުލާފައިވާ ކަމަށް މހަބަރުތައް ބުނެ އެވެ.

ޚިޔާލު ނެގުމުގެ ވޯޓުތަކުން އެގައުމުގެ ކަނާތް ފިޔައިގެ ކެންޑިޑޭޓް ކުރީގައި އުޅުއްވާއިރު ވާތު ފިޔައިގެ ކެނޑިޑޭޓަށް ވެސް ފުދޭވަރެއްގެ ތަރުހީބެއް އޮތް ކަމަށް ދައްކަ އެވެ.

މި އިންތިހާބު ކަނާތު ފިޔައިން ކާމިޔާބު ކޮށްފިނަމަ އެ ވެެގެން ދާނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ކަނާތު ފިޔަައަށް ލިބޭ އެންމެ ބޮޑު ކާމިޔާބީ އަށެވެ.

އިންތިހާބު މިއަދު ބޭއްވުނު ނަމަވެސް އާ ސަރުކާރު ހުވާ ކުރާނެ ކަމަށް އެންމެ އަވަހަށް ވެސް ބެލެވެނީ އޮކްޓޯބަރު މަހުގައި ކަމަށް ބުނެވެ އެވެ.

އިޓަލީގައި ސިޔާސީ ހަމަނުޖެހުންތައް އިތުރުވެފައިވާއިރު މި އިނިްތިހާބަކީ ނުތަނަވަސްކަމަށް ހައްލެއް ލިބިގެންދާނެ އިންތިހާބެއް ކަމަށް ބެލެވެ އެވެ. -- އަލް އަރަބިއްޔާ