އަނގަ މަޖަލަކަށް ކައި އުޅޭ ޗޮކުލެޓަކީ ހަޖަމުގެ މައްސަލަތަކަށް ހުރި ފަރުވާއެކޭ ބުނެފި ނަމަ ހައިރާން ވެދާނެ އެވެ. ވާނީ ވެސް އެހެންނެވެ. މުޖުތަމައުގައި ޗޮކުލެޓާ މެދު ބެލެވިފައި އޮންނަނީ ސިއްހަތަށް ގެއްލުންހުރި އެއްޗެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް ގަބޫލު ކުރަން ދަތި ވިޔަސް ޗޮކްލެޓުން ހަޖަމުގެ ބަލިތަކަށް ފަރުވާ ލިބޭ ކަމީ ހަގީގަތެކެވެ.

ހަޖަމުގެ ނިޒާމަށް ޖެހޭ ބަލިތަކުގެ ތެރޭގައި ބޭރަށް ހިންގުމާއި ދަށްބަނޑުގައި ރިހުން ހިމެނެ އެވެ. މިއީ އެންމެނަށް ވެސް ހުރިހާ އުމުރެއްގައި ދިމާވާ ބަލިތަކެވެ.

އެގޮތުން ސިއްހީ މާހިރުން ބުނާގޮތުގައި މިކަމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ޕްރޮޓީން ގިނަ ކާނާތައް ކެއުމެވެ. އޭގެ ތެރޭގައި ބިސް، މަދު، ޔޯގަޓް، ޗީޒްގެ އިތުރުން ޗޮކްލެޓަކީ ގޮހޮރުގެ ބަލިތަކުން ދުރުކޮށްދޭ، ބަނޑުގައި ރިހުން މަޑުކޮށްދޭ އެއްޗެކެވެ.

ޗޮކްލެޓްގައި ގިނަ އަދަދަކަށް ޓުރިޕްޓޯފެން ހިމެނެ އެވެ. އެއީ ޕްރޮޓީން އިތުރުކޮށްދޭ އެމީނޯ އެސިޑް އެކެވެ. ޕްރޮޓީން ގިނަ ކާނާ ކެއުމުގެ ސަބަބުން އިމިއުން ސެލްސްތަކުގައި ލެކްޓިބެސިލަސް ރިއުޓެރީ ނަމަކަށް ކިޔާ ޖަރާސީމެއް އުފެދެއެވެ. ލެކްޓިބެސިލަސް ރިއުޓެރީއަކީ ގޮހޮރުގައި ހުންނަ ޖަރާސީމެކެވެ. މި ޖަރާސީމު އުފެދުމުގެ ސަބަބުން ބޮޑުކަމުދާ ނިޒާމުގެ ބަލިތަކަށް ލުޔެއް ލިބިގެން ދާ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

ޗޮކްލެޓްގެ ތެރެއިން ހަށިގަނޑަށް އެންމެ ފައިދާ ކުރަނީ ޑާކް ޗޮކްލެޓެވެ. ކޮންމެ ދުވަހެއްގެ ހެނދުނުގެ ނާސްތާގައި ޑާކް ޗޮކްލެޓް ހިމަނާލުމުން ވަރަށް ގިނަ ބަލިތަކުގެ ފަރުވާ ލިބެ އެވެ.