ފައިނޭންޝިއަލް ކޮންޓްރޯލާ ކަމަށް މުހައްމަދު އާޒާދު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފި އެވެ.
އާޒާދު ފައިނޭންޝަލް ކޮންޓްރޯލާގެ މަގާމަށް އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި ފާތިމަތު ރަޒީނާ އިސްތިއުފާ ދެއްވުމުންނެވެ.
އާޒާދަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ސައިންސް އިން ފިނޭންސްގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. އަދި އެ އަހަރުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ބެސްޓް ސްޓޫޑަންޓް އިން ފައިނޭންސް އެވޯޑް ވެސް އޭނާ ހަސިލްކުރެއްވި އެވެ.
ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރައްވާފައިވާ އާޒާދަކީ އިސްލާމިކް ބޭންކްގެ ބޯޑް ޑިރެކްޓަރެއްގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ފައިނޭންޝަލް ކޮންޓްރޯލާގެ މަގާމުން ރަޒީނާ އިސްތިއުފާ ދެއްވީ ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވުމަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާތީ އެވެ.
ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލާނަމަ 2،000 ރުފިޔާގެ ފީއެއް
20 އަހަރު ފަހުން ޖިއޯޖިއޯ އަރްމާނީގެ އާ ރޭންޖެއް "އައިވިލް"
ރަޝިޔާ މާކެޓް ފުޅާކޮށް ފްލައިޓްތައް އިތުރުކުރަން އެއްބަސްވެއްޖެ
