ދިވެހިރާއްޖޭގެ ގައުމީ ދުވަސް ބައްދަލުކުރިއިރު، މިއަދު ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ 1444 ވަނަ އަހަރުގެ ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ޔާމީން ވިދާޅުވީ ބަނަވެ ނާމާން ވަމުންދާ ދުވަސްތަކެއްގެ ހިތްދަތިކަމާއިއެކުވެސް ދުވަހުގެ ހެޔޮ އެދުންތައް ރައްޔިތުންގެ އަރިހަށް ފޮނުއްވާކަމަށެވެ. އަދި ފާހަގަ ކުރަމުން މިދަނީ ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދު ކަމަށާއި އެހެންނަމަވެސް މިއަދު ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައި ހިންގަވާ އިދިކޮޅު ހަރަކާތުން ދަނީ ރާއްޖޭގައި ހާރިޖީ މިނިވަންކަން ނެތްކަމަށް ބުނަމުންނެވެ. އިދިކޮޅުން ދެކޭ ގޮތުގައި މިއަދު ރާއްޖޭގެ ދާހިލީ ކަންކަމަށްވެސް ބަސް ބުނަނީ އިންޑިއާ އިންނެވެ. މީގެ އިތުރުން ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބިކަމަށްވެސް އެމަނިކުފާނު ދަނީ ވިދާޅުވަމުންނެވެ.
މިގައުމުގެ އިގްތިސާދު ފުނޑާލާފައި މިވެރިކަމުން ދެން މިހާލަތުގައި ގައުމުގެ އިގްތިސާދު އޮތް އިރު މާލޭގެ އިންފްލޭޝަން އުޅެނީ %50 ގައޭ ހޮޓާ ތަކުން ސާރވިސް ޗާރޖްގެ ގޮތުގައި %10 ވެސް އެބަނަގައޭ މީ ކިހިނެއް ކޮން ގޮތަކުން ނަގާ ފައިސާއެއްތޭ ސަރުކާރު ކޮބާތޭ މާލޭގެ މަގުމަތީގައި ސަލާމް ޖަހާ މީހުން އިންތިހާ އަށް ގިނަ ފައިސާ ނަގާ މެޝިން ތައް ކުރިމަތީގައި އޮށޯވެގެން އެތިބެނީ ޒުވާނުން ދެން އަލޯރާ ކުރިމަތީގައި ބޮކެއް އޮންނަހެން ޒުވާނަކު ސަލާމް ޖަހަނީ ސަރުކާރު ކޮބާތޭ ސަރުކާރު ކޮބާތޭ ސަރުކާރު ކޮބާތޭ ސަރުކާރު