ކޮންމެ ދުވަހެއްގެ ހެނދުނު ވަޒީފާއަށް ދިއުމުގެ ކުރިން އެކި މީހުންގެ ތާވަލުގައި ހިމެނޭނީ އެކި ކަންކަމެވެ. އެެހެން ނަމަވެސް އަމިއްލަ ތާވަލްގެ ތެރެއަށް ތިން ކަންތައް ވެސް އެއްކޮށްލާށެވެ.

ނިދައިގެން ހޭލުމަށްފަހު ފެން ބުއިން

ކޮންމެ މީހަކަށް ވެސް 6-8 ގަޑިއިރުގެ ނިދި ބޭނުންވާ އިރު ހޭލާ އިރު ފެން ބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. ހާއްސަކޮށް އަންހެނުންނަކީ ގޭތެރޭގައި މަަސައްކަތުގައި ހޭލާ ގޮތަށް މަސްއޫލުވާ ބަޔަކަށްވާއިރު ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށް މިއީ ކޮންމެހެން ވެސް މުހިއްމު ކަމެކެވެ.

ހަމަޖެހިގެން ކަންކަން ނިންމުން

ހެނދުނު ގަޑީގައި ތެޅިފޮޅިގެން ކަންކަން ނިންމުމުގެ ނަތީޖާއަކަށް ވާނީ ދުވަސް ފެށުމުގެ ކުރިން ހަށިގަނޑުގެ ހަކަތަކޮޅު ދިއުމެވެ. އެހެން ކަމުން ހަމަޖެހިގެން ތައްޔާރު ވެގެން އޮފީހަށް ދެވޭހާ ވަގުތު އޮއްވައި ތެދުވަން އާދަ ކުރާށެވެ.

ދުވަހުގެ މަގުސަދެއް ކަނޑައަޅުން

ކޮންމެ ދުވަހަކީ ވެސް އާ ކަންކަމާއި ކުރިމަތިލާން ޖެހޭނެ ދުވަހެކެެވެ. އެހެންކަމުން ކޮންމެ ދުވަހަކަށް ވެސް ހަމަޖެހިފައިވާ ޕްލޭންގެ ދަށުން އަޒުމެއް ކަނޑައަޅާށެވެ. އެ ދުވަހަކު ކުރަން ބޭނުންވާ ކަންކަން ދުވަހުން ދުވަހަށް ނިންމާލުމަށް ރާވާށެވެ. އެއިރުން ދުވަސް ނިމުމުގެ ކުރިން އެ ދުވަހަކަށް ކޮށްނިންމަން ޖެހޭ ކަންކަން އެއްކޮށް ނިންމަން ފަސޭހަވާނެ އެެވެ.