އުޅެންޖެހޭ ބުރަ ދިރިއުޅުމުގެ ސަބަބުން ގަވާއިދުން ފެން ބުއިމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ނުވާ ކަމެކެވެ. އެހެން ނަމަވެސް އަހަރުމެންގެ ހަށިގަނޑުގައި ފެނުގެ ދައުރު އެނގޭނަމަ ހަށިގަނޑަށް ލިިބިދޭން ޖެހޭ ފެނުގެ މިންވަރު ނުބޮއި ނުދާނެ ކަން ޔަގީނެވެ.
ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފަހައްޓައިދޭ
ރަނގަޅު ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ދުވާލަކު މަދުވެގެން 8 ތަށި ފެންބޯށޭ ބުނާ އަޑު އެންމެން ވެސް އަހާނެ އެވެ. އެކަމަކު އެއީ 8 ތަށިން ފުއްދާލާށެކޭ ނޫނެވެ. ސަބަބަކީ ހަމައެކަނި 8 ތަށި އެއީ ފުދޭވަރަށް ނުވެދާނެތީ އެވެ. ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބޮވިއްޖެނަމަ ހަށިގަނޑު ބަރުމިން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެދެ އެވެ. އެއީ ފެނަކީ ހަށިގަނޑުގައިވާ ކެލޮރީތައް އެއްވަރެއްގައި ހިފަހައްޓުމަށް އެހީވެދޭ އެއްޗަކަށް ވާތީ އެވެ.
ހަށިގަނޑަށް ހަކަތަ ލިއްބައިދޭ
ވަރުބަލިވެގެން ގޮސް އެންމެ ފުރަތަމަ ބޯލެވޭނީ ބޮޑު ފެންފުޅި އެކެވެ. ކީއްވެ ހެއްޔެވެ؟. ހަށިގަނޑުގައި ފެން މަދުވެއްޖެ ނަމަ ވަރުބަލިވެ ހަށިގަނޑު ލޮޑުވާ ގޮތްވެ އެވެ. ހަށިގަނޑުގައި ބުންވަރު ހިފެހެއްޓުމަށް ގިނައިން ފެން ބުއިމަކީ މުހިއްމު ކަމެކެވެ.
ހަންގަނޑު ރީތިކޮށް ދެމެހެއްޓުމަށް އެހީވެދޭ
އަހަރެމެންގެ ހަންގަނޑުގައި ގިނަ އަދަދަކަށް ފެން އެކުލެވެ އެވެ. އަދި ހަންގަނޑުގެ ކުލަ އަލިކޮށް ތާޒާ ކަންމަތީ ދެމެހެއްޓުމަށް ފެން މުހިއްމު ރޯލެއް އަދާކުރެ އެވެ. ހަންގަނޑުގައި ޖެހޭ ރޫ ނުވަތަ “ވްރިންކަލްސް” ފިލުވާލުމަށާއި މޫނުގައި ޖަހާ ބިހިތައް ފިލުވާލުމަށް ފެނަށް ވުރެ މޮޅު ބޭހެއް ނުލިބޭނެ އެވެ.
ބަލިތަކުން ދުރުކޮށްދޭ
ބޮލުގައި ރިހުން ފަދަ ކުދި ކޫސަނި ބަލިތަކަކީ އާއްމުކޮށް އެންމެންނަށްވެސް ދިމާވާ މައްސަލަ އެކެވެ. ހަށިގަނޑުގައި ހުންނަން ޖެހޭ ވަރަށްވުރެ ފެން މަދުވެއްޖެ ނަމަ މިފަދަ އުނދަގޫތައް ދިމާވުން އާންމު ވެދާނެ އެވެ. މިކަންކަން ހުއްޓުވުމަށް ހުއްޓުވުމަށް އަބަދުވެސް ފެން ބޯން އާދަ ކުރާށެވެ.