ތިމާ ދަރިއަކަށް ބަލިވެ އިންނަ ހިސާބުން އެންމެން ވެސް ދަރިން ބަލާނެ ގޮތާމެދު ޓިޕްސްތައް ދޭން ފަށަ އެވެ. ވަކި ގޮތަކަށް ކަންތައް ކުރަން ނުވަތަ އެވަނި ކަމަކުން ދަރިން ދުރުކުރަން ބުނާނެ އެވެ. ނަމަވެސް އެ ހުރިހާ ކަމަށަކީ ރަނގަޅު ކަންކަމަށް ނުވެ ހިނގައިދާނެ އެވެ.
އެހެންނަމަވެސް ދަރިފުޅު ދުނިޔެއަށް އުފަންވާ ހިސާބުން މިކަންކަން ދަރިންގެ ކިބައިގައި އަށަގަންނުވައި އާއިލާތެރެއިން ދަރިފުޅަށް ނަމޫނާ ފެންނަނަމަ ބޮޑުކުރެވެނީ އުފާވެރި ދަރިންތަކެކެވެ.
ކަންކަމަށް ފަރުވާތެރިވެ އެހެން މީހުންނަށް އަޅާލަން ދަސްކޮށްދިނުމަކީ ކުދިން ބޮޑުވަމުން އަންނަ އިރު ދަސްކޮށްދޭން ޖެހޭ އެންމެ މުހިއްމު ކަންތަކެވެ. އެއިރުން އެކުދިންގެ އަމިއްލަ ކަންކަން މަންމަ ނުވަތަ ބައްޕަގެ އެހީތެރިކަމާ ނުލައި ފަރުވާތެރިވެ ގަޑިން ގަޑިއަށް ކަންކަން ނިންމަން ދަސްވާނެ އެވެ
އާއިލާގެ ތެރެއިން އެއްބައިވަންތަ ކަމުގެ ނަމޫނާ ފެންނަނަމަ އެކުދިން އެހެން މީހުންގެ އިހުސާސްތައް ދަނެ އެއަށް އިހުތިރާމް ކުރަން އެނގޭނެ އެވެ. އަދި އެހެން މީހުންނަށް އެހީތެރިވެ ގުޅިގެން މަސައްކަތް ކުރަން އެކުދިންނަށް ދަސްވާނެ އެވެ.
މީގެ އިތުރުން ބޮޑެތިވަމުން އަންނަ އިރު އެކުދިންނަށް ދިމާވާ މައްސަލަތައް ބަލައި އެކަންކަން ހައްލު ކުރާމެގޮަތް ދަސްކޮށް ދޭށެވެ. އޭރުން އެކި މައްސަލަތައް ހައްލުކުރަން އެކުދިންނަށް ދަސްވުމާއެކު މައިންބަފައިންނާ މެދު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ އެެވެ. އަދި އެކުދިންނަށް މައިންބަފައިން އިތުބާރު ކުރާކަން އިހުސާސްވެ ކަންކަން ހިއްސާކުރަން ކެރޭނެ އެވެ.
މިފަދަ ރަނގަޅު އާދަތައް ދަރިންގެ ކިބައިގައި އަށަގަންނެވުމަކީ އުފާވެރި ދަރިންތަކެއް ބޮޑުކުރަން އޮތް ސިއްރެވެ.