ރީތި އޮމާން ހަންގަނޑަކީ ހަމަ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެކެވެ. ނަމަވެސް ދިރިއުޅުމުގެ ބައެއް އާދަތައް ހުންނަ ގޮތުން މިކަމަށް ހުރަސް އަޅަ އެވެ. މި ލިޔުމުގައި މި ބަލާލަނީ އޮމާން ހަންގަނޑަކަށް ދިރިއުޅުމުގައި ގެންގުޅެން ޖެހޭ ބައެއް އާދަތަކަށެވެ.

މޫނު ދޮވުން

ހެނދުނު ހޭލައިގެން ފުރަތަމަ ކަމަކަށްވެސް ސާފު ރީތި ފެނުން މޫނު ދޮވެލާށެވެ. މޫނުގައި ބާރަށް އަތް އުނގުޅުމުގެ ބަދަލުގައި މޫނަށް ފެން ބުރުވާލާށެވެ. ރަނގަޅަށް މޫނު ދޮވެލުމަށްފަހު ހަންގަނޑާ ގުޅޭ މޮއިސްޗަރައިޒް ކްރީމެއް މޫނުގައި އުނގުޅާލާށެވެ.

ބޮޑީ ސްކްރަބް ބޭނުން ކުރުން

ހަފްތާއަކު މަދުވެގެން އެއް ފަހަރު ފެންވަރާއިރު ގައި އުނގުޅުމަށް ހާއްސަ ކޮށްފައި ހުންނަ އެއްޗެއް ބޭނުންކޮށްގެން މުޅި ހަށިގަނޑު ދޮވުމަކީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް މުހިއްމު ކަމެކެވެ. އެގޮތަށް ހަންގަނޑު އުނގުޅާއިރު ހަންގަނޑަށް އަނިޔާ ނުވާނެހެން މަޑުމަޑުން އުނގުޅަން ހާއްސަ ސަމާލުކަމެއް ދޭންވާނެ އެވެ.

މޮއިސްޗަރައިޒް ކުރުން

ގެއިން ބޭރަށް ނުކުމެ އަވީގައި ޖެހުމުގެ ކުރިން ހަންގަނޑުގެ ސަލާމަތަށް މޮއިސްޗަރައިޒް އެއް ބޭނުންކުރުމަށް ސަމާލުކަން ދޭންޖެހޭނެ އެވެ. މޮއިސްޗަރައިޒާއެއް ހޯދުމުގައި އެސްޕީއެފް 15 ނުވަތަ އެއަށްވުރެ މަތިނަމަ އެމޮއިސްޗަރައިޒް ކްރީމަކީ ރަނގަޅު ކްރީމެއް ނުވަތަ ލޯޝަނެއްކަމަށް ބެލިދާނެ އެވެ.

އަތްފައި ދޮވުން

ނިދުމުގެ ކުރިން އަތާއި ފައި ރަނގަޅަށް ދޮންނަން ހަނދާން ކުރަންވާނެ އެވެ. ނިޔަފަތިތައް ސާފުކޮށްފައި ބެހެއްޓުމަކީ ހަންގަނޑަށްވެސް ފައިދާ ކުރާނެ ކަމެކެވެ. ނިދުމުގެ ކުރިން ފައިތިލަ މަސާޖް ކޮށްލެވިދާނެ އެވެ. އަދި އަތުގެ އިނގިލިތަށްވެސް އަމިއްލަ އަށް މަސާޖުކޮށްލުން ރަނގަޅުވާނެ އެވެ.