ރީތިވުމުގެ ނަމުގައި މޭކަޕް ކުރުމަކީ މިހާރުގެ ޒުވާނުންގެ އާދަ އެކެވެ. މޭކަޕް ކޮށްގެން ވެސް ބޭނުންވަނީ ގުދުރަތީ ނުވަތަ "ނެޗުރަލް" މޫނެކެވެ. މިގޮތަށް ނެޗުރަލް މޭކަޕެއް ނުކޮށް ވެސް ގުދުރަތީ ރީތިކަން ހޯދިދާނެ ދެތިން ކަމަކަށް ބަލާލާނަމެވެ.

ރަނގަޅަށް މޫނު ދޮވުން

މޫނު ރަނގަޅަށް ބަލަހައްޓައިގެން ގެންގުޅުމަށް އެންމެ ރަނގަޅު އެއް ގޮތަކީ މޫނު ބަރާބަރަށް ދޮވެ ސާފުކޮށް ގެންގުޅުމެވެ. މިއީ ވަރަށް މުހިއްމު ކަމެކެވެ. ދުވާލަކު ހަތަރު ފަހަރު ނުވަތަ އެއަށްވުރެ ގިނައިން މޫނު ދޮވުމަކީ ހަންގަނޑަށް ފައިދާ ކޮށްދޭ އަދި ހަންގަނޑުގައި އުފެދޭ ނަޖިސް ނައްތާލަދޭ ކަމެކެވެ.

ސަން ސްކްރީން ބޭނުން ކުރުން

ގިނައިރު އަވީގައި އުޅުމުގެ ސަބަބުން މޫނުގެ ކުލައަށް ބަދަލު އައިސް ހަންގަނޑަށް ގެއްލުން ވުމަކީ ވަރަށް ގާތް ކަމެކެވެ. މިކަމަށް އެންމެ ރަނގަޅު ގޮތަކީ ސަންސްކްރީން ފަދަ އުފެއްދުންތަކުގެ ބޭނުން ހިފުމެވެ. ގިނަ އިރު އަވީގައި އުޅުމުން މޫނުގެ ލޯކައިރި ކަޅުވެ އަދި އަލްޓްރާ ވައިލެޓް ދޯދިތަކުގެ ސަބަބުން މޫނުގެ ހަންގަނޑަށް ގެއްލުން ލިބެ އެވެ.

ގިނައިން ފެން ބުއިން

ފެނަކީ އޭގެ ޒާތުގައި ހަންގަނޑު ރީތި ކޮށްދޭ އެއްޗެއް ކަމުގައި ނުވިނަމަވެސް، ގިނައިން ފެން ނުބޯނަމަ ހަންގަނޑަށް ބަދަލު އަންނަ ކަން ފާހަގަ ކުރެވޭނެ އެވެ. ފެން މަދު ވުމުގެ ސަބަބުން ހަންގަނޑު ކުރަކިވެ ކުލަ ބަަދަލުވާން މެދުވެރިވެ އެވެ.