މޮސްކޯ (11 އޮކްޓޯބަރު) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާގެ ރައީސް ލަމިޑިއާ ޕުޓިންގެ އެންމެ ފަހުގެ އަމުރުފުޅުތަކާއެކު ހަނގުރާމައިގެ މުޅިން އާ މަރުހަލާއެއް ފެށިފައިވާ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފި އެވެ.
އެގޮތުން މިހާރު ހަނގުރާމައިގައި ފެންނަމުންދާ މަންޒަރުތަކަކީ މީގެ ކުރިން ފެނިފައިނުވާ މަންޒަރުތަކެއް ކަމަށާއި ރަޝިއާގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.
ހަނގުރާމަ ފެށިގެން ފާއިތުވީ 8 މަސް ދުވަހުގެ ތެރޭގައި ރަޝިއާއިން އެގައުމުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޔޫކްރެއިންގެ އުމްރާނީ ތަރައްގީއަށް ނަމަވެސް ޕުޓިންގެ އެންމެ ފަހުގެ އިރުޝާދުތަކާއެކު އާއްމު ރައްޔިތުން ވެސް އަމާޒަކަށްވެފައިވާ ކަމަށް ބުނެ އެވެ.
އެގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި ރަޝިއާއިން ފޮނުވާލި މިސައިލް ހަމަލާތަކުގައި 19 މީހަކު މަރުވެ ގިނަ އަދެދެއްގެ މީހުންނަށް އަނިޔާވެފައިވެ އެވެ.
މި ހަމަލާތަކާއެފކު ޔޫކްރެއިނުން ވަނީ އާއްމު ރައްޔިތުން ރައްކާތެރި ތަންތަނުގައި ހިމާޔަތް ހޯދައިގެން ތިބުމަށާއި ސައިރެންތަކުގެ އަަޑަށް ފަރުވާކުޑަ ނުކުރުމަށް އެގައުމުގެ ރައްޔިތުންނަށް އަންގާފަ އެވެ.
ރަޝިއާއިން ޔޫކްރެއިންގެ ހަތަރު ސަރަހައްދެއްގެ ކޮންޓްރޯލް ނަގާފައިވާއިރު ޔޫކްރެއިންއިން ވެސް ވަނީ އެހެން ސަރަހައްދުތަކަކުން ރަޝިއާ ސިފައިން ފައިބަން މަޖުބޫރުކުރުވާފަ އެވެ. -- ސީއެންއެން
ޖޯންސަންގެ ޕައުޑަރު މައްސަލާގައި 5.5 ބިލިއަން ޑޮލަރު ދައްކަނީ
ކޮންމެ ދުވަހަކު ހިނގިޔަސް ސިއްހަތަށް ބަދަލު ނާންނަ ސަބަބު!
ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 21.65 ރުފިޔާއަށް އަރައިފި