ބަނޑު ހިންދަން އެކި މީހުން ކަންތައް ކުރަނީ އެކި ގޮތަށެވެ. ބައެއް މީހުން ކަސްރަތުކޮށް ޑައިޓް ކުރާއިރު އެއްބަޔަކު ބޭސް ބޭނުން ކުރާތަންވެސް އާދެއެވެ. އެގޮތުން މިއީ ޑައިޓް ކުރަމުންދާއިރު ބޯލުމަށް ރަނގަޅު، ތައްޔާރު ކޮށްލުމަށް ފަސޭހަ ބުއިމެކެވެ.

ބޭނުންވާ ތަކެތި

  • 4 ލުނބޯ
  • 4 ސަމްސާ މުގުރި އިނގުރު
  • 2 ސަމްސާ ފޮނިތޮށި
  • 3 ސަމްސާ މާމުއި
  • ¼ ޖޯޑު ފެން

ހަދާނެ ގޮތް

ބުލެންޑާއަށް ލުނބޯތައް ފެލާލުމަށްފަހު ބާކީހުރި ތަކެތި އަޅާ 3 މިނެޓް ވަންދެން އެއްކޮށްލުމުން މިއޮތީ ބުއިން ތައްޔާރުވެފައ އެވެ. ކޮންމެ ދުވަހަކު ކެއުމުގެ ކުރިން ސަމްސަލެއް ބޯލާށެވެ. ދެ ހަފްތާ ތެރޭގައި އެދެވޭ ނަތީޖާއެއް ފެންނާނެ އެވެ. މަތި ބާރު ފުޅިއަކަށް އަޅާ އަލަމާރީގައިވެސް ރައްކާކުރެވޭނެ އެވެ.