އިސްތަށިގަނޑުގައި ފާޑުފާޑުގެ އެކި ކުލަ ޖެއްސުމަކީ މި ޒަމާނުގައި ފެޝަން ނުވަތަ ޓްރެންޑްސްތަކުގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. މިގޮތުން ރަތް ކުލަ އަދި ފެހި ކުލަ ފަދަ ކުލަތަށް އިސްތަށިގަނޑުގައި ޖެއްސުމަކީ ޒުވާނުންގެ އާދަ އެކެވެ.

އެހެން ނަމަވެސް މިފަދަ ކުލަތައް ޖެއްސުމުގެ ކުރިން އިސްތަށިގަނޑަށް މި ކުލަ ތަކުގެ ސަބަބުން ވާ ގޮތްތަކާ މެދު ވިސްނާލުން ރަނގަޅެވެ. ބަލާލަން ކިތަންމެ ރީތިވިޔަސް މިފަދަ ކުލަތަކަކީ ގިނަ ފަހަރަށް އޭގެ އެތައް ގިނަ ސައިޑް އިފެކްޓްސްތަކެއް ހުންނަ ކުލަތަކެކެވެ.

އެންމެ ފުރަތަމަ ކަމަކީ މިފަދަ ކުލަތަކަކީ އެކި ކަހަލަ އެލާޖީތައް މެދުވެރިކުރުވާ އެއްޗެއް ކަމެވެ. މިފަދަ ކުލަތަކުން އެކި ކަހަލަ އެލާޖީތައް ކުރިމަތިކު ރުވާއިރު މީގެ ތެރޭގައި ބޮލުގައި ހަންފޮޅުން، އަދި ބޯ ދުޅަވުން ފަދަ ކަންކަމާއިވެސް ކުރިމަތިވާކަމަށް ތަޖުރިބާކާރުން ވަނީ ހާމަކޮށްފަ އެވެ.

މިފަދަ އެލާރޖީތަކަކީ މީހާގެ ބޯ ނޫނަސް ލޯ، އެސްފިޔަ، ނޭފަތް އަދި މުޅި މޫނަށްވެސް ފެތުރޭފަދަ އެލާޖީ ތަކެކެވެ. އިސްތަށިގަނޑުގައި ތަފާތު އެކި ކުލަ ޖެއްސުމަކީ އިސްތަށިގަނޑުގަ ހުންނަ ގުދްރަތީ ރީތި ވިދުން ގެއްލުވާލާ އިސްތަށިގަނޑުގެ ވަރުގަދަކަން ނެތިގެންދާ ކަންކަމެވެ.

ބައެއް ފަރާތްތަކުން ވަނީ އިސްތަށިގަނޑުގައި ޖައްސާކުލައިގައި ހުންނަ ޕީޕީޑީ ނަމަކަށްކިޔާ މާއްދާއެއްގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށްވެސް ބުނަން ފަށައިފަ އެވެ. މިކަމަށް އަދި އެއްވެސްކަހަލަ ސައިންޓިފިކް ހެއްކެއް ނެތްނަމަވެސް ބައެއް ފަރާތްތަކުން ވަނީ ކުލަތަކުގައި ހުންނަނީ ޕީޕީޑީގެ ވަރަށް ކުޑަ މިންވަރެއް ކަމަށާއި، އަދި އެމިންވަރަކީ ކެންސަރަށް މަގުފަހިކުރުވާނޭ މިންވަރެއް ނޫންކަމަށް ވެސް ބުނެފަ އެވެ.

އިސްތަށިގަނޑުގައި ޖައްސާ ކުލައިގެ ސަބަބުން ބޯ ހިރުވުމަކީވެސް ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. ވީމާ ދެން ފަހަރަކުން އިސްތަށިގަނޑުގައި ކުލަ ޖެއްސުމަށް ނިންމުމުގެ ކުރިން މިދެންނެވި ކަންކަމާއި މެދު ވިސްނަލުމަކީ ރަނގަޅު ކަމަކަށް ވާނެ އެވެ.