ދަރިފުޅު ނުކާން ބޮޑާހާކާތީ އުޅެން ހެއްޔެވެ؟ ކާާން ދިނުމުގައި އެތައް ވަގުތެއް ހޭދަ ކުރަން ޖެހޭ ހެއްޔެވެ؟ މިއީ ގިނަ މައިންބަފައިންގެ ޝަކުވާ އެކެވެ. އެހެން ކަމަށްވާނަމަ މި ލިޔުން ކިޔާލާށެވެ.

ކާ ގަޑިއަކީ އުފާވެރި އަދި ގަވާއިދުން އޮންނަ ގަޑިއަކަށް ހަދާށެވެ. ކެއުމަކީ އެއްމެން އެއްކޮށް ކުރާ ކަމެއްގެ ގޮތުގައި ހެދުމަކީ ކުދިން ކެއުމަށް ޝައުގުވެރިކަން އުފައްދަން ކުރެވިދާނެ ކަމެކެވެ. މިގޮތުން އާއިލާއެއްކޮށް އެއް މޭޒެއް ދޮށުގައި އެއްގަޑިއެއްގައި ކެއުމަށް ވަގުތު ހޯދާށެވެ.

ހަމައެއާއެކު ކާނާ ތައްޔާރު ކުރުމުގައި ކުދިން ޝާމިލު ކުރުމަކީ ވެސް އެކުދިން ކެއުމަށް ހިތްޖެހޭ ކަމެކެވެ. މިގޮތުން ކެއްކުމުގައި ބިސްތެޅުން ނުވަތަ އެކުދިން ގަޔާވާ ކަހަލަ ބައްޓަމަކަށް މޭވާފަދަ ތަކެތި ކޮށާފައި ވެސް ދެވިދާނެ އެވެ.

އޭގެ އިތުރުން ކާ ހިތްޖެއްސުމަށް ކުރެވިދާނެ އަނެއް ކަމަކީ އެކި ކުލަކުލައިގެ އެކި ވައްތަރުގެ ކާނާ އެއް ތައްޓަކަށް ލާފައި ދަރިފުޅަށް ދިނުމެވެ. މިގޮތަށް ދިނުމުން ކާއެއްޗެއްސާ މެދު ބޭނުންވާ ކޮންމެވެސް އެއްޗެއް ކާލެވެ އެވެ.

ކުދިންނަށް ގަދަކަމުން ކާން ދިނުމަށް އެއްވެސް ގޮތަކަށް މަސައްކަތް ނުކުރާށެވެ. އެ ކުދިންނަށް އެ ކާނާއެއް ކެއުމަށް ބައިވަރު އެހެން ފުރުސަތު އޮންނާނެ ކަން ދަންނާށެވެ. އަދި ގަދަކަމުން ކާން ދޭން އުޅުމުން ކުއްޖާ ފޫހިވެ ނުރުހޭ ތަޖުރިބާއަކަށް ކެއުން ވެގެން ދެ އެވެ.