ދުބާއީ (31 އޮކްޓޯބަރު) - ދުނިޔެއަށް ބޭނުންވާ ވަރަށް ތެޔޮ ފޯރުކޮށްދޭން ޔޫއޭއީ އާއި އޯޕެކްގެ އެހެނިހެން ގައުމުތަކުން ތައްޔާރު ކަމަށް ޔޫއޭއީގެ ސްޓޭޓް މިނިސްޓަ އޮފް އެނާޖީ ސުލްތާން އަހުމަދު އަލް ޖާބިރު ވިދާޅުވެއްޖެ އެވެ.
ޖާބިރު ވިދާޅުވީ އޯޕެކްއަކީ ދުނިޔޭގެ ތެލުގެ ބާޒާރުގައި މުހިއްމު ދައުރެއް އަދާކުރާ ޖަމިއްޔާއެއްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް އޮންނާނެ ކަމަށެވެ.
އޭނާ މިހެން ވިދާޅުވީ ހައިޑްރޯކާބަން އިންވެސްޓްމަންޓް ދަށްވެ ތެލުގެ އުފެއްދުންތެރިކަން ދަށްވާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށެވެ.
"ހައިޑްރޯކާބަން އިންވެސްޓްމަންޓް ދަށްވާނަމަ އަހަރެއްގެ މައްޗަށް ތެލުގެ އުފެއްދުންތެރިކަން ދުވާލަކު ފަސް މިލިއަން ފީފާ ދަށްވާނެ،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ދުނިޔޭގެ ތެލުގެ ބާޒާރަކީ ނާޒުކު ބާޒާރެއް ކަމަށާއި ތެލުގެ އަގަށް އަސަރުކުރާ ގިނަ ކަންކަން މިއަދުގެ ދުނިޔޭގައި އެބަހުރި ކަމަށެވެ.
ޖާބިރު އިޝާރާތް ކުރައްވާފައި އެވަނީ މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައަށެވެ. އެމެރިކާއާއި ހުޅަނގުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުމރުމުގެ ފިޔަވަޅތަކަށް ރައްދު ދިނުމުގެ ގޮތުން ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ އެއްގައުމު ކަމަށްވާ ރަޝިއާއިން ވަނީ ތެޔޮ އެކްސްޕޯޓް ކުރުން ބޮޑުތަނުން މަދުކޮށްފަ އެވެ.
މި ސަބަބަށްޓަކައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވަނީ ވަރަށަ ބޮޑެެތި ބަދަލުތަކެއް އައިސްފަ އެވެ.