ކީވް (03 ނޮވެމްބަރު) - މި މަހުގެ 20 ގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުން އީރާން ބާކީ ކުރަން ޔޫކްރެއިނުން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއަށް ހުށަހަޅަން ނިންމައިފި އެވެ.

ޔޫކްރެއިންގެ ގައުމީ ފުޓްބޯޅަ ޖަމިއްޔާއިން ފީފާއަށް މި ހުށަހެޅުން ފޮނުވަން ނިންމާފައިވަނީ އީރާނުން އިންސާނީ ހައްގުތަކަށް އަރައިގަނެފައިވާ ކަމަށް ބުނެ އެވެ.

އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި އެ ގައުުމުގެ ސަލާމަތީ ބާރުތަކުން ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުން އަންނަ ކަމަށާއި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުން އަންނަ ކަމަށް ވެސް ޔޫކްރެއިނުން ތުހުމަތު ކޮށްފައިވެ އެވެ.

މިހާރު ކުރިއަށްދާ ޔޫކްރެެއިން ހަނގުރާމައިގައި ޔޫކްރެއިންގެ ދުޝްމަން ރަޝިއާ އަށް އީރާނުން އެހީ ފޯރުކޮށްދޭ ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު މިކަމުގެ ސަބަބުން ޔޫކްރެއިން އާއި އީރާނުގެ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

ޔޫކްރެއިނުން އިތުރަށް ބުނީ ރަޝިއާ އިން ފީފާގެ އާއްމު ގަވާއިދުތަކާ ހިލާފުވެފައިވާތީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން އެ ގައުމު ވަކި ކުރަން ޖެހޭ ކަމަށެވެ.

މިކަމާ ގުޅިގެން ފީފާއިން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ. -- އަލް އަރަބިއްޔާ