ތެހެރާން (03 ނޮވެމްބަރު) - ދެހާސް ވިހި ވަނަ އަހަރު އިރާގުގެ ބަޣުދާދުގައި މަރާލި އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީގެ މަރުގެ ބަދަލު އީރާނުން ހިފާނެ ކަމަށް އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

ޚާމަނާއީ ވިދާޅުވީ ސުލައިމާނީ ޝަހީދު ކޮށްލުން އީރާނުން ހަނދާން ނުނެތޭ ކަމަށާއި އެކަމުގެ ބަދަލު ހިފާނެ ކަމަށް ބުނެފައިވާ ބަހުގައި އީރާނުން ހިފާނެ ކަމަށެވެ.

"ސުލައިމާނީގެ މަރު އަހަރުމެން ހަނދާނެއް ނުނެތޭ، އެކަމަށް ޒިންމާވާ މީހުންގެ ފަރާތުން ބަދަލު ހިފާނަން،" ޚާމަނާއީ ވިދާޅުވި އެވެ.

ދެހާސް ތިރީސް ވަނަ އަހަރު ސުލައިމާނީ މަރާލާފައިވަނީ އިރާގުގެ ބަޣްދާދުގައި ހަރަކާތްތެރި ވަމުން އަންނަނިކޮށް އެމެރިކާގެ ހަމަލާއަކުންނެެވެ. މި ހަމަލާގެ އަމުރު ނެރެފައިވަނީ އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

ޚާމަނީއީ މި ބީދައިން ވާހަކަ ދައްކަވާފައި މިވަނީ 1979 ވަނަ އަހަރު އީރާނުން އެމެރިކާގެ އެމްބަސީއަށް ވަދެގަނެ އެތަން ހިސާރުކުރި ހާދިސާއަށް 43 އަހަރު ފުރިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

ޚާމަނާއީގެ ވާހަކަފުޅުގައި އޭނާ ވަނީ އީރާނުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކަކީ ވެސް އެމެރިކާއިން ފަހަތުގައި ތިބެގެން ކުރުވަމުން އަންނަ ކަމެއް ކަމަށް ކުރައްވަމުން އަންނަ ތުހުމަތު ތަކުރާރު ކުރައްވައިފަ އެވެ.

އެ ހަމަނުޖެހުންތަކުގައި މިހާތަަނަށް 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ވެސް ލިބިފައިވެ އެވެ. -- އަލް އަރަބިއްޔާ