ބަރުދަން ލުއި ކުރުމަށް އެންމެ މުހިއްމު ކަމަކީ ކެލޮރީ މަދު ޑައިޓެއް ގެންގުޅުން ކަން އެންމެންނަށް ވެސް އެނގެ އެވެ. ކެލޮރީ ބޭނުންކުރާ މިންވަރު 15 ޕަސެންޓް ދަށްކޮށްލި ނަމަވެސް އޭގެ އެދެވޭ ނަތީޖާ ފެންނާނެ ކަމަށް ދިރާސާ އަކުން ވަނީ ދައްކައިފަ އެވެ.

އެ ދިރާސާގައި ބުނެފައިވާ ގޮތުން ކެލޮރީ ބޭނުންކުރާ މިންވަރު 15 ޕަސެންޓަށް ދަށްކޮށްލުމަކީ މެޓަބޮލިކް ޕްރޮސެސް ރަނަގޅުވާ ކަމެކެވެ. އޭގެ ސަބަބުން ބަރުދަން ލުއިވެ ޒުވާންކަން މަތީ ހުންނާނެ ކަމަށް ދިރާސާގައި ވަނީ ބުނެފަ އެވެ.

މި ދިރާސާގައި ބައިވެރިވިި ބައިވެރިންގެ ތަޖުރިބާއަށް ބަލާއިރު އެއް އަހަރު ވަންދެން ކެލޮރީ މަދުން ބޭނުން ކުރުމުން މެޓަބޮލިކް ޕްރޮސެސް ރަނަގަޅުވެ އެވެ. އިތުރު އެއް އަހަރު ފަހުން އެނގުނީ މިފަދަ މީހުންނަށް އުމުރުން ދުވަސްވުމުން ކުރިމަތިވާ ލޭމައްޗަށް ދިއުން ފަދަ މައްސަލަތައް ކުރިމަތިނުވާ ކަމެވެ.

ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޓީމުން ލީވިދާޅުވީ، ކެއުމުގައި ސިއްހަތަށް ފައިދާހުރި ކާނާ ހިޔާރު ކުރުމަކީ މީހާ ދުވަސްވަމުން އަންނައިރު ކުރިމަތިވާ ސިއްހީ މައްސަލަތަކުން ރައްކާތެރިކޮށްދޭނެ ކަމެއް ކަމަށެވެ.