ބޮމެއް ގޮއްވާލާނެ ކަމަށް ލިބުނު އިންޒާރަކާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މާލެ އާއި އައްޑޫގައި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް ހިންގަން ފަށައިފި އެވެ.

އެފަދަ އޮޕަރޭޝަނެއް ކުރިއަށްގެންދާކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ. ފުލުހުން ކުރި ޓްވީޓްގައި ބުނެފައި ވަނީ އެ އޮޮޕަރޭޝަން ހިންގަމުން އަންނަނީ މާލޭގެ ބައެއް ސަރަހައްދުތަކުގެ އިތުރުން އައްޑޫ ހިމެނޭ ކަނޑުގެ ސަރަހައްދުގަ އެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމައެއް ނުކުރެ އެވެ. ބޮން ސްކޮޑް އާއި ގިނަ އަދަދެއްގެ އެސްއޯ ފުލުހުންނާއި ސިފައިން އައްޑޫ ސިޓީ ހިތަދޫގެ ގެއެއް އަންނަނީ ބަލައި ފާސް ކުރަމުން އަންނަ ކަމަށް އެ ސިޓީން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

ރާއްޖޭގައި ހަރުކަށި ފިކުރުމުގެ މީހުން ދުވަހެއް ދުވަހަކަށް ގިނަވަމުން އަންނަކަން ކަމާބެހޭ އިދާރާތަކުން އެއްކުރާ މައުލޫމާތުތަކުން ހާމަވެ އެވެ.