ރައްޔިތުންގެ އަތުން ޓެކްސް ނަގާ ބިލަށް ވޯޓަށް ނާހައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ނިންމާލައިފި އެވެ.

މަޖިލިހުގެ ޖަލްސާތައް ނިންމާލާ ގަޑީގައި ޢާއްމުކޮށް ރައީސް ނަޝީދު ރިޔާސަތުގައި ނީންނަވަ އެވެ. ނަމަވެސް މިއަދު މަޖިލިސް ނިންމާލި ދަންފަޅީގެ ރިޔާސަތުގައި އިންނެވީ ރައީސް ނަޝީދެވެ.

އިއްޔެގެ ޖަލްސާ ނިންމަވާލެއްވިއިރު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ، ވޯޓަށް އަހަން ބޭނުންވާ ކޯރަމް ނެތް ކަމަށް ވިދާޅުވެ، ޖަލްސާ ނިންމަވާލައްވާފަ އެވެ. އަފީފު އިއްޔެގެ ޖަލްސާގައި ވޯޓަށް ނޭހުމުން ގަވައިދާ ހިލާފަށް ޖަލްސާ ނިންމާލި ކަމަށް ވިދާޅުވެ، އެމްޑީޕީގެ މެންބަރުން އިއްޔެ ތަޅުމުގައި އިހުތިޖާޖު ވެސް ކުރެއްވި އެވެ. އަދި އިހްތިޖާޖުގެ ތެރެއިން މަރަދޫ ދާއިރާގެ މެމްބަރު މަވޯޓާ ޝަރީފްވަނީ މަޖިލީހުގެ ރިޔާސަތުގައިވެސް އިށީނދެވަޑައިގެންފަ އެވެ.

ވޯޓު ނަގަން މިއަދު ތާވަލުކޮށްފައި އޮތީ، މެންދުރު 1 ޖެހި އިރު އެވެ. ހުސް ވަގުތުކޮޅަކަށް ފަހު ޖަލްސާ އަލުން ފެށިއިރު، ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުންނާއި އިދިކޮޅުގެ ބައެއް މެންބަރުން ރިޔާސަތު މޭޒު ކައިރިއަށް ޖަމާވެ ތިއްބެވި އެވެ. އެ މެންބަރުން ގެންދެވީ އަޑުގަދަ ވެސް ކުރައްވަމުންނެވެ. ވޯޓު ނެގުމަށް ފަހު، ނަޝީދު ވަނީ ޖަލްސާ ނިންމާލައްވާފަ އެވެ.