ހަކުރު ބައްޔަކީ އަހަރެމެންގެ ތެރޭގައި އާންމު ބައްޔަކަށް ވާއިރު ފަރުވާތެރި ނުވެވިއްޖެނަމަ އެއީ ކޮންޓޯލް ކުރުމަށް އުދަނގޫ ވެސް ބައްޔެކެވެ. އެގޮތުން ހަކުރު ބަލި ހުންނަ މީހުން ކެއުމުގައި ހިމެނިދާނެ ބައެއް ތަކެތި ހިއްސާކޮށްލާނަމެވެ.
ޕީނަޓް ބަޓާ
ހަކުރު ބަލި ހުންނަ މީހުންނަށް ޕީނަޓް ބަޓާއަކީ ކެއުމަށް ރަނގަޅު އެއްޗެކެވެ. އެގޮތުން ޕީނަޓް ބޭނުން ކުރުމުން އަބަދު ބަނޑު ހައި ވުމުގެ ފުރުސަތު ދުރުކޮށްދެ އެވެ. ޕީނަޓް ބަޓަ އަކީ ގިނަ އަދަދަކަށް ނިއުޓްރިޝަން ހިމެނޭ ބާވަތެކެވެ.
ނަޓްސް
ނަޓްސްއަކީ ފައިބާ އަދި ޕްރޮޓީން ހިމެނޭ އެއްޗެކެވެ. އޭގެ އިތުރުން ނަޓްސް ބޭނުން ކުރާނަމަ ލޭގައި ހަކުރު ހިމެނޭ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކޮށްދެ އެވެ. އެހެންކަމުން އަލްމަންޑް، ވޯލް ނަޓްސް އަދި ބަދަން ފަދަ ތަކެތި ބޭނުން ކުރާ މިންވަރު އިތުރު ކުރާށެވެ.
ލޮނުމެދު
ލޮނުމެދަކީ އަހަރެމެންގެ ކެއުމުގައި ކޮންމެ ދުވަހަކުވެސް ބޭނުން ކުރެވޭނެ އެންމެ އާންމު އެއް ބާވަތެވެ. ލޮނުމެދު ކެއުމުން ހިތުގެ ބަލިތަކުން ދުރުކޮށް ކޮލެސްޓްރޯލް ދަށްކޮށްދެ އެވެ.