މޭކްޕް ކުރުމަކީ މިހާރަކަށް އައިސް ހަމަ ކޮންމެ ދުވަހެއްގެ ތާވަލުގައި ވެސް އޮންނަ ކަމެކެވެ. ހާއްސަކޮށް ގިނަ އަންހެން ކުދިންނަކީ މޭކަޕް ނުކޮށް ބޭރަށްވެސް ނުނިކުންނަ ބައެކެވެ.

ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި މޭކަޕް ކުރާ ކުދިންނަށް ވުރެ ނުކުރާ ކުދިންގެ ހަންގަނޑު ސިއްހީގޮތުން ދުޅަހެވެ. އެގޮތުން އާންމުކޮށް ހަމުގެ މައްސަލަ ނުޖެހޭ މީހެއް މޭކަޕް ކުރާނަމަ ހަމުގެ މައްސަލަތައް ޖެހޭތަން އާދެ އެވެ. އަދި އާއްމުކޮށް ހަމުގެ މައްސަލަ ޖެހޭ މީހެއްނަމަ މޭކަޕްގެ ސަބަބުން އިތުރު މައްސަލަ ޖެހޭގޮތް މެދުވެރިވެ އެވެ.

އާއްމުކޮށް މިހެން ދިމާވަނީ ނުގުޅޭ ޕްރޮޑަކްޓްތައް ބޭނުން ކުރެވޭތީ އެވެ. މީގެ އިތުރުން ހަންގަނޑަށް “ރެސްޓް” ދިނުމަކީވެސް މުހިއްމު ކަމެކެވެ. ނިދުމުގެ ކުރިން މޭކަޕް ފިލުވާލައިގެން ނިދި ކަމުގައިވިއަށް ހަންގަނޑަށް ބޭނުންވާ ވަރަށް ރެސްޓެއް ނުލިބޭނެ އެވެ.

މޭކަޕް ކުުރުމުގެ ބަދަލުގައި ހަންގަނޑަށާއި ގުދުރަތީކޮށް ތިމާގެ ރީތިކަން ދެމެހެއްޓުމަށް މަަސައްކަތް ކުރެވިދާނެ އެވެ، އެގޮތުން ސިއްހަތަށް ފައިދާ ކުރި ކާނާ ބޭނުން ކުރެވިދާނެ އެވެ.

ބައެއްމީހުންނަށް ހީވެފައި އޮންނަ ހީވުމެކެވެ. މޭކަޕާއި ނުލައި ރީތިކަން ފުރިހަމަނުވާނެ އެވެ. ހާއްސަކޮށް ތުއްތު ކުދިންވެސް މޭކަޕް ކުރުވާތަން މިހާރު ފެނެ އެވެ. މިއީ އެކުދިންގެ ނާޒުކު ހަންގަނޑަށް ގެއްލުން ވެދާނެ ކަމެކެވެ.

މި ސަބަބުތަކަށްޓަކައި ގަވައިދުން މޭކަޕް ކުރުމުގެ ބަދަލުގައި ކޮންމެ ދުވަހަކު ގަވައިދުން ސިއްހަތަށް ފައިދާ ކުރި ކާނާ ބޭނުން ކުރުން އެދެވިގެންވެ އެވެ.