ހިތުގެ ބައްޔަށް މީހާ ހުށަހެޅުމުގައި އެންމެ ބޮޑު ރޯލެއް ކުޅޭ އެއް ކަންތައްކަމަށްވާ ބްލަޑް ޕްރެޝަރު މައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް ބިހުގެ ލޮނދި ނުވަތަ ބިހުގެހުދުބައިން އެހީތެރިވެދޭކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ޗައިނާގެ ޖިލިން ޔުނިވާރސިޓީގެ ރިސާޗް ޓީމަކުން ހެދި ދިރާސާތަކުން ދެއްކި ގޮތުން ބިހުގެ ލޮނދީގައި ހިމެނޭ މާއްދާއެއް ލޭ މައްޗަށް ދިއުމުން ދުރުކޮށްދެ އެވެ.
ހިތުގެ ބަލިތަކަށް މަގުފަހިވުމުގެ އެއް ސަބަބު ކަމަށްވާ ލޭމައްޗަށް ދިޔުން ދަށްކޮށްދޭ މާއްދާއެއް ކަމަށްވާ ޕެޕްޓައިޑް ނަމަކަށްކިޔާ މިމާއްދާއިން މީހާގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.
ޕެޕްޓައިޑަކީ ލޭމައްޗަށްދާ މީހުން ބޭނުންކުރާ ބޭހެއް ކަމަށްވާ ކެޕްޓޮޕްރިލް ފަދައިން މަސައްކަތް އެއްޗަކަށް ވާތީކަމަށް އެ މީހުން ބުނެ އެވެ.
ބިސް ކައްކައިގެން ބޭނުންކުރި ކަމުގައިވީ ނަމަވެސް ލޮނދީގައި އެކުލެވޭ ޕެޕްޓައިޑް ތަކުގެ ބާރު އޭގައި އެކުލެވޭނެ ކަމަށް ސައިންސްވެރިން ހާމަކުރެ އެވެ.
ބިހުގައި ހިމެނޭ ކޮލެސްޓްރޯލް ގިނަވުމުގެ ސަބަބުން ބިހަކީ ސިއްހަތަށް އެހާ ރަނގަޅު ނޫން އެއްޗެއް ކަމަށް ބައެއް ދިރާސާތަކުން ކުރިން ދެއްކި ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާގޮތުން ބިހަކީ އެއިން ލިބޭ ގެއްލުމަށް ވުރެ ފައިދާ ބޮޑު އެއްޗެކެވެ.