ތެހްރާން (19 ނޮވެމްބަރު) - އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާގެ ބައިވެރިން އެ ގައުމުގެ ފުރަތަމަ ރޫހާނީ ލީޑަރު އާޔަތުﷲ ރޫހުﷲ ޚާމަނާއީގެ އާއިލީ ގެކޮޅުގައި ރޯކޮށްލައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރު ވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި އީރާނުގެ ޚުމައިން އަވަށުގައި ހުންނަ އެ އިމާރާތުގައި ވަރަށް ބޮޑަށް ހުޅުރޯވެ އަނދަމުންދެ އެވެ.

ޚާމަނާއީ އުފަންވެ ވަޑައިގަތް އެ ގެކޮޅަކީ މިހާރު އޭނާގެ ދިރިއުޅުން ދައްކުވައިދޭ ގޮތަށް އީރާނުގެ ސަރުކާރުން ފަރުމާ ކޮށްފައިވާ ދާރުލް އާސާރެކެވެ.

ޚާމަނާއީއަކީ 1979 ވަނަ އަހަރު އީރާނުގައި އޭރު އޮތް ސަރުކާރާ ދެކޮޅަށް ހިންގި ބަޣާވާތުގައި އެންމެ އިސްކޮށް އުޅުނު ފަރާތެވެ. އޭނާއަކީ އީރާނުގެ އެންމެ ފުރަތަމަ ރޫހާނީ ލީޑަރު ވެސްމެ އެވެ.

މި ދާރުލް އާސާރަކީ ރޫހުﷲގެ ފަހުން އެ ގައުމުގެ ރޫހާނީ ލީޑަރުގެ ގޮތުގައި އައްޔަން ކުރެވުނު އާޔަތުﷲ އަލީ ޚާމަނާއީގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި އެންމެ ފަހުން ހިނގި ހާދިސާ އެވެ.

ދާރުލްއާސާރުގައި ރޯކޮށްލުމަށްފަހު މުޒާހަރާގެ ބައިވެރިން ވަނީ މިހާރުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ގަތުލު ކުރުމަށް ގޮވާލައި އަޑު އުފުލާފަ އެވެ.

އީރާނުގެ ހަމަނުޖެހުންތަކުގައި މިހާތަަނަށް އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ސަރުކާރުން އަންނަނީ ބާރުގެ ބޭނުން ކުރަމުންނެވެ. -- ބީބީސީ